ޖެނެރޭޝަން ބޭންއާ ގުޅޭ ގޮތުން ޖަމިއްޔާތަކާއެކު މަޝްވަރާކުރުން
ޖެނެރޭޝަން ބޭންއާ ގުޅޭ ގޮތުން ޖަމިއްޔާތަކާއެކު މަޝްވަރާކުރުން
ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް "ޖެނެރޭޝަނަލް ބޭން" ތައާރަފު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން ހެލްތު މިނިސްޓްރީން ޖަމިއްޔާތަކާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއަދު ބޭއްވި އެ ބައްދަލުވުމުގައި ޖެނެރޭޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިއްޔެ ވަނީ، ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތައާރަފު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ޔުނިސެފްގެ އޮފިޝަލުންނާއި ވެސް ބައްދަލު ކުރައްވާފައެވެ.

ޖެނެރޭޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން އެ އިދާރާތަކުން މި ބައްދަލުވުމުގައި ވަނީ ލަފާ ވެސް ދެއްވާފައެވެ.

ދުންފަތުން ސަލާމަތް ކުރުމަށް ހަދާ ގާނޫނުގައި ދުންފަތް މަނާކުރާނީ، 2000 ވަނަ އަހަރުން ފެށިގެން، ނުވަތަ 2004 ވަނަ އަހަރުން ފެށިގެން، ނޫންނަމަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ މީހުންނަށްތޯ ބަލަން އާންމުންގެ ހިޔާލަށް ވެސް މިހާރު އޮތި ހުޅުވާލައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން