ބޯކޮށް ވާރޭވެހި ފެންބޮޑުވެ ފެން ހިންދަން ސިފައިން ނުކުމެއްޖެ އެވެ.
އެމްއެންޑީއެފުން އެކްސްގައި ބުނީ ފެން ހިންދުމަށްޓަކައި މާލޭގެ ތިން ސަރަހައްދެއްގައި ހަތް ޕަންޕު ބަހައްޓައިގެން ސިފައިން މަސައްކަތްކުރަމުންދާ ކަމަށެވެ.
އޭގެ އިތުރުން ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް ސިފައިންކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މެޓް އޮފީހުން މިހާރުވެސް އޮތީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެއީ މިއަދު މެންދުރު ދޭއް ޖަހަންދެނެވެ.
އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރައި ވިލާ ގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު