އައްޑޫގެ މަގު ހެދުމުގެ މައްސަލައިގައި އިންސާފުވެރި ހައްލަކާ ދިމާލަށް ދިއުމަށް ތައްޔާރަށް އޮތް ކަމަށް އައްޑޫ އީކުއޭޓާ ވިލެޖު ހިންގާ ކައިމޫ ހޮޓެލްސްއިން ބުނެފި އެވެ.
އީކުއޭޓާ ވިލެޖުގެ ދަށުގައި އޮންނަ ބިމެއް ގަން އިންޓަނޭޝަނަލް އެއާޕޯޓާ ހަވާލު ނުކުރެވި އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު މަޑުޖެހުމުން އެ މަޝްރޫއަށް ބަދަލު ގެންނަން މިހާރު ވަނީ ނިންމައިފަ އެވެ.
އެގޮތުން އީކުއޭޓަ ވިލެޖުގެ ދަށުގައި އޮންނަ ސަރަހައްދުގެ މަގު މަޝްރޫއުން އުނިކުރަން ވަނީ ނިންމައިފަ އެވެ.
އެ މައްސަލައިގައި ކައިމޫ ހޮޓެލްސްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ މަގު ހަދަން އުޅޭ ސަރަހައްދުގައި އީކުއޭޓާ ވިލެޖުގެ ސްޓާފުންނާއި ގެސްޓުންގެ މުހިންމު ސަރަހައްދެއް ހިމެނޭ ކަމަށެވެ.
އެގޮތުން އެ ސަރަހައްދުގައި ގެސްޓުންގެ ސްކުއެޝް ކޯޓަކާއި ސްޓާފުންގެ އެކޮމަޑޭޝަން ސަރަހައްދަކާއި ބަދިގޭގެ އިތުރުން ސްޓާފުން ކާ ތަނާއި ލޯންޑްރީ އަދި ސްޓާފުންގެ ރިކްރިއޭޝަންބައިވެސް ހިމެނޭކަމަށް މޫކައިއިން ބުންޏެވެ.
ނަމަވެސް އެ މައްސަލައިގައި ޓޫރިޒަމް މިނިސްޓްރީއާއެކު މަޝްވަރާކޮށް އިންސާފުވެރި ހައްލަކާ ދިމާލަށް ދިއުމަށް ތައްޔާރަށް އޮތް ކަމަށް ވެސް ކައިމޫއިން މިއަދު ބުންޏެވެ. އަދި އެއީ ހުރިހައި ފަރާތްތަކަށް ވެސް ފައިދާކުރަނިވި ނިންމުމަކަށް ވާނެކަމަށް އުއްމީދުކުރާ ކަމަށް ވެސް ކައިމޫއިން ބުންޏެވެ.
ނަމަވެސް އެ ހައްލަކީ ބޮޑު ބަދަލެއް ދައުލަތުން ހޯދުން ކަމެއް ނުވަތަ އެނޫން ކޮން ކަހަކަ ހައްލެއް ކަމެއް އެކުންފުނިން ހާމަކޮށްފައެއް ނެވެއެވެ.

ކިޔުންތެރިންގެ ހިޔާލު