އައްޑޫސިޓީގެ މަގުހެދުމުގެ މަޝްރޫއު ކުރިޔަށް އޮތް ދެ މަސްތެރޭ އެއްކޮށް ނިމޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ކުރަމުން އަންނަނީ ފެން ހިންދާ ޕަންޕުތައް ކޮމިޝަން ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މަގު ހެދުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ގާތްގަނޑަކަށް އެއްކޮށް ނިމިފައިވާ ކަމަށާއި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މުޅި ޕްރޮޖެކްޓް ނިމުމަކަށް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ އެފްކޮންސް އިންފްރާންސްޓްރަކްޗާ އިން ކުރިޔަށް ގެންދާ މި މަސައްކަތް އެ ކުންފުނިން ފެށީ 2021 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މި މަޝްރޫއުގެ ދަށުން ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގެ ގިނަ މަގުތައް ވަނީ ހަދައިފަ އެވެ. މަގުތައް ހަދާފައި ވަނީ ތާރު އަޅައިގެންނާއި ގާ އަތުރައިގެންނެވެ. އަދި މީގެ އިތުރުން ބައެއް މަގުތަކުގައި ސީޓީބީ އަޅާފައިވެ އެވެ.
މި މަޝްރޫއުގެ ދަށުން އެފްކޮންސް އިން ވަނީ ހަންކެޑެއިގައި އާ ބުރިޖެއް ވެސް ހަދައިފަ އެވެ. އެ ބުރިޖް ނިންމައި ބޭނުން ކުރަން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. އަދި މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން މަގުތަކުގައި ލައިޓް ޖަހައި، ސީސީޓީވީ ކެމެރާތައް ވެސް ހަރުކޮށް، މަގުގައި ހުންނަން ޖެހޭ އެހެން ވަސީލަތްތަކާއި ފީޗާތައް ވެސް ގާއިމުކޮށްފައިވެ އެވެ.
އައްޑޫގެ މަގުތައް ހަދަން މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ބޮޑު މި މަޝްރޫއަކީ އިންޑިއާގެ ސަރުކާރުގެ އެހީގައި ހިންގި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ދަށުން 77.6 މިލިއަން ޑޮލަރު ނުވަތަ 1.1 ބިލިއަން ދިވެހި ރުފިޔާ) ހޭދަކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
މިހާތަނަށް އައްޑޫގައި 100 ކިލޯ މީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ މަގު ހަދާފައިވާކަން ފާހަގަ ކުރެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު