މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން "އެކުވެރި ރޯދަ 30" ގެ ނަމުގައި ހިންގި ޕްރޮމޯޝަނުން ޢުމްރާ ދަތުރުގެ ފުރުސަތު ލިބުނު ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލު ކޮށްފިއެވެ.
މި ޕްރޮމޯޝަނަކީ އެމްޑަބްލިޔުއެސްސީގެ 30 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގެ އިތުރުން ރަމަޟާން މަހާއި ދިމާކޮށް އެ ކުންފުނިން ހިންގައިފައިވާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގައި އެމްޑަބްލިޔުއެސްސީ އެޕް މެދުވެރިކޮށް ފެން ބިލަށް ފައިސާ ދެއްކި ހުރިހާ ޑޮމެސްޓިކް ކަސްޓަމަރުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވުނެވެ.
ނަސީބުވެރި ތިން ފަރާތަކަށް ވަނީ މި ޕްރޮމޯޝަންގެ ދަށުން އުމްރާ ދަތުރު ލިބިފައެވެ. އެ ތިން މީހުންނާ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވަނީ މިއަދު ބައްދަލު ކުރައްވާފައެވެ. އަދި މި ބައްދަލުވުމުގައި ވަނީ އެ މީހުންނަށް ޢުމްރާ ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
އުމްރާ ދަތުރުގެ ފުރުސަތު ލިބިފައިވަނީ ޝަމްރޫޒް އިބްރާހީމް / ދަފްތަރު ނަންބަރު ދރ 1672 އާއި މުޙައްމަދު ސަރާޙް / އުދަރެސް، ތ. ތިމަރަފުށި އަދި ޢަލީ ނާޡިމް / ގ. ރަންދެލިގެ އަށެވެ.
އެމްޑަބްލިއުއެސްސީން ބުނީ މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވުނު 3 ފަރާތް އިއުލާންކުރި ތާރީހުން ފެށިގެން އެއް އަހަރުގެ ތެރޭގައި ޢުމްރާ ދަތުރުގެ ބޭނުންކުރަން ވާނެ ކަމަށެވެ. އަދި ޢުމްރާ ދަތުރު ލިބުނު ފަރާތްތަކަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން މީހަކަށް އެ ދަތުރު ބަދަލުކުރުމުގެ ފުރުސަތު ދެވޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު