ކުޅުދުއްފުށި ފުލުހުންގެ ކަސްޓޯޑިއަލްގައި ބަންދުގައި އަމިއްލައަށް މަރުވާން މަސައްކަތް ކުރި މީހާއަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ.

އެ ރަށު މަނާޒު، ސާޖިދު ސަމީރު ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުގެ ހާލަތުގައި ހުރެގެން ގޭގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައެއްގައެވެ.

އޭނާ ފުލުހުންގެ ހައްޔަރުގައި ހުއްޓާ މިދިޔަ ހުކުރު ދުވަހުގެ ރޭ 9:12 އެހާއިރު އަމިއްލައަށް މަރުވާން އުޅެގެން އެ ދުވަހުން ފެށިގެން ދިޔައީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އަދި މިއަދުގެ ވަގުތެއްގައި އޭނާ މަރުވެފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

ނަމަވެސް، އޭނާއަށް ލިބިފައިވަނީ ކޮންކޮން ގެއްލުންތަކެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ އެ މައްސަލަ އެޗްއާރްސީއެމާއި އެންއައިސީއަށް ހުށަހަޅާފައިވާނޭކަމަށެވެ.

މީގެ ކުރިން ވެސް ކުޅުދުއްފުށި ކަސްޓޯޑިއަލްގައި ހުރި މީހަކު ވަނީ އަމިއްލައަށް މަރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން