ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ދެވަޒީރުންގެ ގޮތުގައި ބެލެވޭ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލާއި، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޤާމުން ވަކިކުރުމާއި ދިމާލަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިސްރާބް ހިއްޕަވައިފިއެވެ.
ސިންގަލް ވިންޑޯ ޕްރޮޖެކްޓާއި ގުޅިގެންނާއި، ސަރުކާރުން ހިންގާ އެނޫން ޕްރޮޖެކްޓްތަކުގައި ހިންގާ ކޮރަޕްޝަންގައި މިނިސްޓަރ ފައްޔާޒާއި މިނިސްޓަރ އަމީރަށް ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދާ މިދަނޑިވަޅުގައި މަޖިލިސް ރައީސް ވަނީ އެޕާޓީގެ ޤައުމީ މަޖިލީހުގެ މީސްމީޑިއާ ގްރޫޕްގައި މި ދެވަޒީރުންނަށް އަމާޒުކޮށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައި ވިދާޅުވީ އިކޮންމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށެވެ.
"ފަޔާ ވެސް ޕާޓީއަށްޓަކައި ދުވަސް ކޮޅަކަށް ބޭރުގައި މަޑުކުރެއްވުން ރަނގަޅު ވާނީ. އަޅުގަނޑުމެން އެންމެން ވެސް މިދަނީ ފަހަތަށް ޖެހެން ވާއިރު އެކަން ކުރަމުން." ރައީސް ނަޝީދު އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސް އަޕް ގުރޫޕަށް ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވެއެވެ.
ސިންގަލް ވިންޑޯ މަޝްރޫޢާއި ގުޅިގެން ރައީސް ނަޝީދު ވަޓްސް އެޕް ގްރޫޕްގައި ވިދާޅުވީ އޮޅުވާލުންތަކެއް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ އެ މަޝްރޫއޫ އެވޯޑް ކުރުމުގެ ކުރިން އެ މައްސަލަ އޭސީސީއަށް ހުށަހެޅި ކަމަށެވެ. އެހެން ނަމަވެސް އޭސީސީން އެމައްސަލަ ނުބަލައި، ދޫކޮށްލުމުން އޭރު އެ މަޝްރޫއު އެވޯޑް ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިދިޔަ މަހު އޭޑީބީން އެ މަޝްރޫއު ހުއްޓާލުމަށް އެދުނު، އެހެން ނަމަވެސް އިކޮނޮމިކް މިނިސްޓްރީން ޑިމާންޑް ކުރަނީ އަލުން ބިޑް ކުރަން." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ އެ ވާހަކަތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ފިލިޕިންސް ކުންފުންޏަށް އެ މަޝްރޫޢު އެވޯޯޑް ކުރިކަންވެސް އޭނާއަށް އެނގުނީ މީޑިއާއިން ކަމަށާއި ފިނޭންސް މިނިސްޓްރީން ޓެންޑާ އިވަލުއޭޝަން މަރުހަލާގައި ބައިވެރިވެފައި ނުވާ ކަމަށެވެ. އަދި އެ މަރުހަލާއަކީ މިނިވަން ވަކި މަރުހަލާއެއް ކަމަށް އަމީރު ވިދާޅުވި އެވެ.
"ކުރިއަށް އޮތްތާގައިވެސް ޕްރޮޖެކްޓް އެވަލުއޭޝަން އަދި އެހެން ކަންކަމުގައި މައްސަލަތައް ދިމާވާނެ. ނުބައިކޮށް އެވަލުއޭޝަން ބަޔަކު ހަދާފާނެ. އަދި ގޯސް ނިޔަތުގައިވެސް ކޮށްފާނެ. ހަމަ ގައިމުވެސް މިހާރު އެފަދަ މައްސަލަތައް ބެލި ފިޔަވަޅު އެޅޭ. ޕްރޮޖެކްޓް ކުރިއަށް ދާނީ އާ ޓެންޑާއާއެކު. އަދި މުޅި ޕްރޮސެސްގައި އޭޑީބީ ބައިވެރިވަފައިވޭ." ރައީސް ނަޝީދުގެ ވާހަކަތަކައް ރައްދުދެއްވައި އަމީރު ވިދާޅުވި އެވެ.
އަމީރު އެގޮތަށް ވިދާޅުވުމުން ރައީސް ނަޝީދު ވިދާޅުވީ، "އަހަރެމެންނަކީ ކުޑަކުދިންނެއް ނޫން. ތިޔަ މަލާމާތްތައް ހުއްޓާލާ."
އަމީރު ވިދާޅުވީ، "ސަރުކާރުގެ ބޮލުގައި ވައްކަން އަޅުވަނީވެސް އެންމެން ވެގެން" ކަމަށެވެ. މިހާތަނަށް މި ސަރުކާރުގެ ޕްރޮކިއުމަންޓް ޕްރޮސެސްގެ ތެރެއިން ސިސްޓެމެޓިކް ގޮތުގައި ކޮރަޕްޝަން ނެތްކަމުގެ ޔަގީންކަން އަމީރު ދެއްވި އެވެ. އަދި ސަރުކާރު ކުންފުނިތަކުގެ ތެރޭގައި ކޮރަޕްޝަން ހިންގާނަމަ އެކަމަށް ފުރުސަތު ނުދެއްވާނެ ކަމަށް އަމީރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އޮތް ވާދަ އާއި އެކި ކަންކަމުގެ ތެރޭގައި އެންމެން ވަގަށް ގޮވައި، އަމިއްލައަށް ހަލާކު ނޫންތޯ މިވަނީ." އަމީރު ސުވާލު އުފެއްދެވި އެވެ.
ފިނޭންސް މިނިސްޓަރު އަމީރު އެގޮތަށް ވިދާޅުވުމުން ރައީސް ނަޝީދު ރައްދު ދެއްވައި ވިދާޅުވީ، "އަމީރު، އަޅުގަނޑުގެ ބޮލުގައި ވައްކަން ނޭޅެނީ ވައްކަން ނުކުރާތީ. ތިބޭފުޅާއާ ދިމާލަށް ގނޖބއޭ ނުކިޔައެއްނު." މިފަދައިންނެވެ.
ނަޝީދާއި އަމީރުގެ ހޫނު ޒުވާބެއް ގުރޫޕްގައި ދިޔައިރު ގިނަ މެމްބަރުންނަށް މިކަމުގައި އެއްޗެއް ވިދާޅުވާކަށް ނުކެރުނެވެ.
ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވީ ފައްޔާޒަށް "ބްރޯ" އަކަށް ވެގެން ޕާޓީގެ ތެރޭގައި ނޫޅުއްވޭނެ ކަމަށެވެ. އަދި އެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ފައްޔާޒާ ދެކޮޅަށް އިތިބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ 35 މެމްބަރެއްގެ ސޮއި ހޯއްދަވަން ރައީސް ނަޝީދު ވަނީ މަސައްކަތް ފަށްޓަވާފައެވެ.
ފައްޔާޒާ ދެކޮޅަށް 30 ސޮއި މިހާރު ހަމަ ކުރެއްވިފައިވާ ކަމަށާއި ރައީސް ނަޝީދު ބޭނުންފުޅުވަނީ 35 ސޮއި ހަމަކުރެއްވުމަށް އެމައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައަޅުއްވަން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު