އިންޑިއާގެ އަސްކަރީ ދެ މަތިންދާ ބޯޓު، އިންޑިއާގެ ސިފައިންނާއިއެކު މިއަދު ހެދުނު ހަނިމާދުއަށް ޖައްސައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ދެ މަތިންދާ ބޯޓް ޖެއްސީ މިއަދު ހެނދުނު 10:25 ގައިކަމަށެވެ. އަދި މިދެ މަތިންދާބޯޓަކީ ސިލްސިލާކޮށް ރާއްޖޭގެ އީއީޒެޑް ބެލެހެއްޓުމަށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ސިފައިންނާއި ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަކަށް އައި ދެ ބޯޓު ކަމަށެވެ.

އިންޑީއާސިފައިން ރާއްޖެ އައިސްފައިވަނީ ރާއްޖޭގެ އިމިގްރޭޝަނަށްވެސް ނާންގައި ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ، އަދި އެމީހުން އައިސް ހަނިމާދޫގެ ރަށު ތެރޭގައި އުޅޭއިރު ކަރަންޓީންވެސް ފުރިހަމަ ކުރަންނުޖެހޭތޯ ނޫސްވެރިން ދަނީ އެމްއެންޑީއެފްގެ މީީޑިޔާ ގްރޫޕްގައި ސުވާލު ކުރަމުންނެވެ. ނަމަވެސް މީގެ އެއްވެސް ސުވާލަކަށް އެމްއެންޑީއެފުން ޖަވާބު ދީފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރަށްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގައި އެންމެ ހަލުވިިކަމާއިއެކު ކޯވިޑް ފެތުރެމުންދާ ޤައުމުގެ އަސްކަރީ ބާރުން ރާއްޖެ އައިސް ރާއްޖޭގެ ރަށްރަށުގައި ހަރަކާތްތެރިވާއިރޔު ޞިއްހީ ރައްކާތެރިކަން ކަށަވަރުކޮށްފައި ނުވާކަމަށެވެ.

"ދުނިޔޭގަ އެންމެ ބާރަށް ކޯވިޑް ފެތުރެމުންދާ ޤައުމު، އިންީޑޔާގެ އަސްކަރީ 2 މަތިންދާބޯޓް މިއަދު ހަނިމާދޫއަށް ޖައްސައިފި. ބޯޓްތައް އެއާ ޓްރެފިކް، އެމްއެންޑީއެފް ރާޑަރަކަށް ނާރާ. ފްލައިޓްތައް އަންނަކަން ކައުންސިލަށް އަންގަނީ ދާއިރާގެ މެމްބަރު. އަންނަ ސިފައިން ރަށުތެރެއަށް އެރުމަށް ހަމަޖެހިފައިވާއިރު އެޗްޕީއޭ ނިދާފަ." ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަނިމާދޫއަށް ޖެއްސި ފްލައިޓްގެ ވީޑިއޯ އަދި ފޮޓޯ ނެގުމުން އެކަމާއި ހިތްހަހަމަ ނުޖެހިގެން ފޮޓޯ ނެގި މީހުން ހައްޔަރުކޮށް އެތަކެތި ޑިލީޓް ކުރުމަށް އަންގަމުންދާކަމަށެވެ. ނަމަވެސް މިއީ ދިވެހި ރައްޔިތުން ޤަބޫލް ކުރާ ކަމަކަށްނުވުމުން ފޮޓޯ ޑިލީޓް ކުރިޔަސް އިންޑިއާ ސިފައިން މިގޮތަށް ރާއްޖޭގައި ހަރަކާތްތެރިވާން ރައްޔިތުން ފުރުސަތު ނުދޭނޭކަމަށް ޝީޔާމް ވަނީ ވިދާޅުވެފައެވެ.

"މިއަދު ހަނިމާދޫއަށް ޖެއްސި އިންޑިޔާ އަސްކަރިއްޔާގެ 2 މަތިންދާބޯޓްގެ ފޮޓޯ އަދި ވީޑިއޯ ހިއްސާކުރިކަމަށް ތުހުމަތުކޮށް ހަނިމާދޫ 2 ރައްޔިތަކު ހައްޔަރުކޮށް ފޯންގަ ފޮޓޯއަދި ވީޑިއޯ ހުރިކަމަށްބުނެ ޑިލީޓް ކުރުމަށް އެދިއްޖެ. އަޅުވެތިކަމާއި ދެކޮޅަށް ދިވެހިން ތެދުވާނެ." ޝިޔާމް ވިދާޅުވިއެވެ.

އިންޑިއާގެ 2 އަސްކަރީ މަތިންދާބޯޓް މިއަދު ހަނިމާދުއަށް ޖައްސާފައިވާއިރު ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ހަތިޔާރު އެޅި ބޭރު ގައުމެއްގެ ސިފައިން ނުތިބޭނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވަނީ ވިދާޅުވެފައެވެ. ޗީފް ވިދާޅުވީ ރާއްޖޭގައި މިލިޓަރީ ބޭހެއް ނެތް ކަމަށާއި، އެއްވެސް ގައުމެއްގެ ހަތިޔާރު އެޅި ސިފައިންވެސް ނެތް ކަމަށެވެ. އެހެން ނަމަވެސް ހިއުމަނިޓޭރިއަން އާއި އެކި ކަހަލަ ޓެކްނިކަލް މަސައްކަތް ކުރާ ބޭރު ގައުމު ތަކުގެ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށް ޝަމާލު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން