އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދެކަނބަލުން 9 މިލިއަން ރުފިޔާ އަށް ދެ ފްލެޓް ބަައްލަވައިގެން މައްސަލަ އަލުން ހުޅުވައިގެން އޭސީސީން ބެލުމަށް ނިންމައިފިއެވެ.

އޭސީސީން ވިދާޅުވީ މިމައްސަލަ އަލުން ހުޅުވަން ނިންމާފައިވަނީ މިމައްސަލަ ނިންމާފައިވާ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުންކަމަށެވެ. އަދި މިހާރު މިމައްސަލަ އަލުން ހުޅުވައި އޭސީސީން ތަހުގީގް ކުރަން ނިންމާފައިވާކަމަށެވެ. މިމައްސަލަޔަކީ 2018 ވަނަ އަހަރު އޭސީސީން މައްސަލައެއް ނެތްކަމަށް ނިންމާފައިވާ މައްސަލައެކެވެ. ނަމަވެސް މިހާރުގެ ކޮމިޝަންގެ މެމްބަރުން ކޮމިޝަނާއި ހަވާލުވުމަށްފަހު އޭސީސީގައި ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ސުވާލު އުފެދޭ ގޮތަށް ނިންމާފައިވާ ބައެއް މައްސަލަތައް އަލުން ހުޅުވައިގެން ދަނީ ބަލަމުންނެވެ.

އެފްޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތް ކޮށްފައިވާ ރެހެންދި-6 އިން އަަބްދުއްރަހީމާއި އަނބިކަނބަލުން ދިޔާނާ ހުސެއިން ބައްލަވައިގެންނެވި، ފެންވަރު މަތީ ފްލެޓެއްގެ އަގު އުޅެނީ 4.5 މިލިއަން ރުފިޔާގަ އެވެ. ދެ ބޭފުޅުންގެ ނަމުގައި ފްލެޓްތައް ރަޖިސްޓްރީކުރަން ފޮނުވާފައިވާ ސިޓީގައިވާ ގޮތުން ދެ ފްލެޓަށް އެއްކޮށް ފައިސާ ދައްކައި ވަނީ ހަލާސްކޮށްފަ އެވެ. އެ ދެ ބޭފުޅުންނަށް ވިއްކާފައި ވަނީ ފުރަތަމަ ފްލޯގެ އެއްވަނަ ފްލެޓާއި ދެ ވަނަ ފްލެޓެވެ.

މިތުހުމަތުތަކާއި ގުޅިގެން އޭރު އަބްދުއްރަހީމް ވިދާޅުވީ ރެހެންދި-6 އިން ދެ ފްލެޓް ބައްލަވައިގެންނެވި ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ފްލެޓް ބައްލަވައިގަތީ އަނބިކަނބަލުންގެ ނަމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ފްލެޓް ހުންނާނެ." އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭސީސީން ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ސުވާލު އުފެދޭ ގޮތަށް ނިންމާފައިވާ މައްސަލަތަކާއި، ފައިލްކޮށްފައިވާ ބައެއް މައްސަލަތައް އަލުން ހުޅުވައިގެން ބަލުމަށް އޭސީސީން ވަނީ ނިންމާފައެވެ. އެގޮތުން އެސްޓީއޯ މެދުވެރިކޮށް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައިގައި އެޓަރނީ ޖެނެރަލް އޮފީހުން 66 ފޮށީގެ ލިޔެކިޔުން ލިބިފައިވާއިރު، މައްސަލައިގައި އެކަށީގެންވާ ލިޔުންނެތް ކަމަށް ބުނެ މައްސަލަ ފައިލްކުރި ސަބަބާއިމެދު ސުވާލު އުފެދޭތީ އެމައްސަލަވެސް ވަނީ އަލުން ހުޅުވައިގެން ބަލަން ފަށާފައެވެ.

މިމައްސަލަ އަކީ އެސްޓީއޯގެ 100 ޕަސެންޓު މިލްކުވެރި ކުންފުންޏެއްގެ ގޮތުގައި 1997 ގައި އުފެއްދި އެސްޓީއޯ މޯލްޑިވްސް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑުން ރާއްޖެއިން ބޭރުގައި ހިންގިކަމަށް ބުނާ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައެވެ. އެޚިޔާނާތުގެ ތެރެއިން ގެއްލިފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ބޭރުގެ އެކައުންޓިން ފާމަކަށް ހަވާލުކުރީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން