އައްޑޫ ސިޓީ ފޭދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ، އައްޑޫ ސިޓީ ފޭދޫ އުލްފަތު، އިބްރާހީމް ސިޔާދު (36އ) އެވެ.

ފުލުހުން ދެންމެ މީޑީއާއަށް ފޮނުވި މެސެޖުގައި ބުނީ އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައި ސައިކަލަކާއި ކާރެއްޖެހި ހިނގި އެކްސިޑެންޓުގެ މައުލޫމާތު މިރޭ 19:29 ހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ.

ފޭދޫ ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ މި އެކްސިޑެންޓުގައި ސައިކަލް ދުއްވި އިބްރާހީމް ސިޔާދު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށެވެ.

މި އެކްސިޑެންޓުގައި ކާރު ދުއްވި ގދ.ފިޔޯރީ މާގޯލްޑް މުހައްމަދު މާހިލް މުމްތާޒު (23އ) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި އެކްސިޑެންޓާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައި ނުވާއިރު މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން