ޗައިނާއިން އެމެރިކާއަށް އެތެރެކުރާ ބައެއް ތަކެތިން ނަގަން ނިންމި ބޮޑު ޑިއުޓީ ކުޑަކުރަން ރައީސް ޑޮނަލްޑް ޓްރަމްޕަށް މަޖުބޫރުވެއްޖެއެވެ.
ދާދިފަހުން ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ބޭރު ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޑިއުޓީތައް ބޮޑުކޮށްފައެވެ. އަދި އެންމެ ބޮޑު އަދަދަކުން މި ޑިއުޓީ ބޮޑުކުރި އެއް ގައުމަކީ ޗައިނާއެވެ. އެއާއެކު އެމެރިކާގެ މަޝްހޫރު ކުންފުނިތަކަށް ވަނީ އެ ކުންފުނިތަކުގެ އުފެއްދުންތައް ޗައިނާގައި އުފައްދަމުންދާތީ އެތަކެތީގެ އަގަށް އަސަރު ކޮށްފާނެތީ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.
ޓްރަމްޕް ވެރިކަމާ ހަވާލުވި ފަހުން ޓްރަމްޕްގެ ސަރުކާރުން ދަނީ އެމެރިކާގެ އިގްތިސާދަށް ފައިސާ ވަންނަ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އޭގެ ތެރެއިން އެންމެ ފަހުން ފެށި އަދި އެންމެ ބޮޑު އެއް މަސައްކަތަކީވެސް ގައުމުތަކުން އެތެރެކުރާ މުދަލުން ނަގާ ޓެރިފްގެ މިންވަރު އިތުރުކުރުމެވެ. އަދި އެގައުމާ އެންމެ ވާދަވެރި ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޓެރިފް އާދަޔާ ހިލާފަށް އިތުރުކުރަން ނިންމުމާއެކު ޗައިނާއިން ވެސް ވަނީ މިކަމަށް ވަރުގަދަ ރައްދެއް ދީފައެވެ.
ރައީސް ޓްރަމްޕު ކިތަންމެ ބޭނުންވި ނަމަވެސް ޗައިނާގެ ރައްދާއެކު ޓްރަމްޕަށް މިހާރު ވަނީ އޭނާގެ ކުރީގެ ވިސްނުން ބަދަލުކުރަން މަޖުބޫރުވެފައެވެ. ސަބަބަކީ ޗައިނާ އަކީ އެމެރިކާގެ އުފެއްދުންތައް އެންމެ ގިނައިން އުފައްދާ ބާޒާރަށް ނެރޭ އެއް ގައުމަށް ވުމެވެ. އެގޮތުން ޗައިނާއިން އެންމެ ގިނައިން އުފައްދަނީ އެމެރިކާގެ ކުންފުނިތަކުގެ އިލެކްޓިކް އަދި އިލެކްޓްރޯނިކް އުފެއްދުންތަކެވެ.
އެމެރިކާގެ ސީބީޕީން މިހާރު ވަނީ 20 ޕްރޮޑަކްޓް ކެޓަގަރީއެއް ލިސްޓުކޮށް އެ ތަކެތިން ނަގާ ޑިއުޓީ ކުޑަކޮށްފައެވެ. އޭގެ ތެރޭގައި ހުރިހާ ކޮމްޕިއުޓަރާއި ލެޕްޓޮޕް އަދި ޑިސްކް ޑްރައިވް އަދި އޮޓޮމެޓިކް ޑޭޓާ ޕްރޮސެސިން އުފެއްދުންތައް ހިމެނެއެވެ. އަދި ސެމީކޮންޑަކްޓަރ ޑިވައިސްތަކާއި އިކުއިޕްމަންޓްތަކާއި މެމޮރީ ޗިޕްތަކާއި ފްލެޓް ޕެނަލް ޑިސްޕްލޭތައް ވެސް ހިމެނެ އެވެ.
މި ނިންމުމަށް އެމެރިކާގެ މަޝްހޫރު ކުންފުނިތައް ކަމަށްވާ އެޕަލް (އޭއޭޕީއެލް.އޯ)، ޑެލް ޓެކްނޮލޮޖީސް (ޑީއެލް.އެން) ފަދަ ކުންފުނިތަކުން ވަނީ މަރުހަބާ ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު