އަލީ އާޒިމް
އަލީ އާޒިމް
ޑޮލަރު މާރުކުރަން ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ އެކި ފަހަރު މަތިން ނެގި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

އެ މައްސަލައިގައި ހޯދަން ފުލުހުން އިއުލާންކުރީ ހ. ހަވިއްތަ/މާލެ، އަލީ އާޒިމް(43އ.) އެވެ.

ފުލުހުން ބުނީ އާޒިމް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

އެހެންވެ އޭނާ މި މަހުގެ 20 ވަނަ ދުވަހު މެންދުރު އެކެއް ޖަހާއިރު މ. ދިއްގަރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ވަނީ އަންގައިފަ އެވެ.

ޑޮލަރު މާރުކުރުމުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ނެގުމުގެ މައްސަަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން