ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.
މައްސަލައިގެ އަޑުއެހުންތައް ޖޭއެސްސީން ނިންމާލާފައިވާއިރު އަޒްމިރަލްދާގެ ފަރާތުން ޖޭއެސްސީއަށް ހުށަހެޅި ޝަފަޢީ 11 ހެކިވެރިންގެ ހެކިބަސް ނަގާފައިވާކަން ޖޭއެސްސީން ސާފުކޮށްދީފައެއް ނުވެއެވެ. އޭގެ އިތުރުން އަޒްމިރަލްދާގެ ފަރާތްޕުޅުން ހުށައެޅުއްވި 17 ކިތާބީ ހެއްކާމެދު ނިންމެވި ގޮތެއްވެސް ސާފެއްނޫނެވެ.
މިއަދު ހެނދުނު 10:00 ގައި އޮތް މައްސަލައިގެ ފަހު އަޑުއެހުމުގައި ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ވަނީ މިމައްސަލާގައި ފަނޑިޔާރުގެ ފަރާތުން ދައްކަވަންހުރި ހުރިހާ ވާހަކަތަކެއް ދައްކަވާފައެވެ.
އަޒްމިރަލްދާގެ މައްޗަށް ތުހުމަތުކުރެވޭ މިމައްސަލަ ބެލުމަށް ޖޭއެސްސީން ނިންމީ، ކޮމިޝަނުގެ އިސްނެގުމަށް މައްސަލަތައް ބެލުމަށް އޮންނަ އިޖުރާއަތާ ހިލާފަށް ކަމަށާއި އަދި ކޮމިޝަނުގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް އަޒްމިރަލްދާގެ ވަކީލް ޝަމީލް މީގެކުރިން ވިދާޅުވެފައިވެއެވެ.
ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގެ އިޖުރާއަތްތައް އޮންނަ ގޮތުން މިމައްސަލާގައި ދެން އޮންނާނީ ކޮމިޓީގެ ތަހުގީގުގެ ފައިނަލް ރިޕޯޓް ތައްޔާރު ކުރުމެވެ. އެގޮތުން ފަނޑިޔާރަށް އެޅުމަށް ކޮމިޓީއަށް ފެންނަ ފިޔަވަޅު ތަހުގީގު ރިޕޯޓްގައި ހިމަނައި ތަހުގީގު ރިޕޯޓަށް ޖަވާބެއް ދޭން ފަނޑިޔާރުންނަށް ހަތް ދުވަސް ލިބޭނެއެވެ.
އެއަށްފަހު ފަނޑިޔާރުންގެ ޖަވާބާއި ތަހުގީގު ރިޕޯޓު ކޮމިޝަނުގެ ބައްދަލުވުމަކަށް އެޖެންޑާ ކުރުމަށްފަހު، ފަނޑިޔާރާ މެދު ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމާނީ ކޮމިޝަނުގެ ބައްދަލުވުމުގައެވެ.
މި މައްސަލަ އޭސީސީންވެސް މިހާރު ދަނީ ބަލަމުންނެވެ. އަދި ކްރިމިނަލް ކޯޓުގެ ޤާޟީ ޞަފްވަތު ހަބީބް އާއި ޤާޟީ އިބްރާހީމް ޒިހުނީ އާއި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އާދަމް މުހައްމަދު މިހާރު ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ނަގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި މައްސަލައިގެ އިތުރުން ހައިކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރުބަހުން އޭނާއަށް މުއާމަލާތް ކުރެއްވި ކަމަށް ބުނާ މައްސަލައިގައި އެ ޙާދިސާ ހިނގި ތަނުގައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އިންނެވި ކަމަށް ބުނާ މައްސަލަވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފަށާފައިވާއިރު ފަނޑިޔާރު މަހާޒް އާއި ފަނޑިޔާރު އަޒްމިރަލްދާ މިވަގުތު ތިއްބެވީ ސަސްޕެންޝަންގައެވެ. އަދި ފަނޑިޔާރު ސުޢޫދު މިހާރުވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު