ޖީއެމްސީއީ ޓްރޭޑިންގެ ނަމުގައި ހިންގާ ސްކީމަކީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ހުއްދަ ނެތި ހިންގަމުން ދާ ސްކީމެއް ކަމަށް އެ އޮތޯރިޓީއިން މިއަދު ބުނެފިއެވެ.
ސީއެމްޑީއޭއިން މިހެން ބުނެފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން ފެށި ޖީއެމްސީއީ ސްކީމްގައި ގިނަ އަދަދެއްގެ ދިވެހިން މިހާރު ދަނީ އިންވެސްޓު ކުރަމުންނެވެ. އަދި ވަރަށްގިނަ މީހުންނަށް އެ ސްކީމުން ފައިދާގެ ނަމުގައި ފައިސާ ދެމުންދާކަމަށް ވެއެވެ.
އެހެންކަމުން އެ ސްކީމާމެދު ސަމާލުވުމަށް އަންގައި ސީއެމްޑީއޭއިން ބުނެފައިވަނީ އެ ސްކީމް ހިންގަނީ އެ އޮތޯރިޓީން ހުއްދަ ނުހޯދައި ކަމަށާއި އެ ސްކީމްގެ މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ސްކީމަކީ ބޭރުގެ ކުންފުންޏަކާ ގުޅިގެން ރާއްޖޭގައި ބަޔަކު ހިންގާ ސްކީމެކެވެ.
ޖީއެމްސީއީ ޓްރޭޑިންގެ ސްކީމްގެ މައްސަލަ ފެންމަތިވެފައިވާއިރު ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީގެ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުންވެސް މިފަދަ ސްކީމެއް ހިންގި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފައެވެ. އަދި އަލްހާންގެ ސްކީމަށް އިންވެސްޓްކުރި ބައެއް މީހުންނަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ސީއެމްޑީއޭ އިން މީގެ ކުރިން ވަނީ ސޯޝަލް މީޑިއާގެ އެކިއެކި ވަޞީލަތްތައް މެދުވެރިކޮށް އިންވެސްޓްކުރުމަށް ލިބޭ ހުށަހެޅުންތަކާއި ދައުވަތުތަކާމެދު ގޮތެއް ނިންމުމުގެ ކުރިން، އެ ހުށަހެޅުން ހުށަހަޅާ ފަރާތަކީ ރާއްޖޭގައި ފަންޑާއި ސްކީމްތައް ހިންގުމުގެ ހުއްދަލިބިފައިވާ ނުވަތަ އެފަދަ ފަންޑުތަކަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ ބެލުމަށްފަހު ނޫނީ އެއްވެސް ފަރާތަކުން އިންވެސްޓު ނުކުރުމަށް ނަސޭހަތްތެރިވެފައެވެ.
އަދި ސެކިއުރިޓީޒް މުޢާމަލާތްތަކުގައި ޙަރަކާތްތެރިވުމަށް އެ އޮތޯރިޓީން ލައިސަންސް ދީފައިވާ ފަރާތްތަކާއި ފަންޑު ހިންގާ ބެލެހެއްޓުމަށްޓަކައި ރަޖިސްޓްރީކޮށްދީފައިވާ ފަންޑުތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުގައި ލިބެން ހުންނާނެ ކަމަށްވެސް ސީއެމްޑީއޭއިން ބުނެއެވެ. އެހެންކަމުން ސޯޝަލް މީޑިއާގެ އެކިއެކި ވަޞީލަތްތައް މެދުވެރިކޮށް ލިބޭ ހުށަހެޅުންތަކަކީ ހުއްދަ ލިބިފައިވާ ސްކީމެއްތޯ ބެއްލެއްވުމަށްފަހު ނޫނީ އެއްވެސް ފަންޑެއްގައި ނުވަތަ އެއްވެސް ސްކީމެއްގައި ބައިވެރި ނުވުމަށްވެސް ސީއެމްޑީއޭއިން އެދިފައި ވެއެވެ.
އެމްއެމްއޭއިންވެސް މީގެކުރިން ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެކަމަށް ބުނެ ހިންގާ ސްކީމްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު