ޑުއެލް ޕާސްޕޯޓު ގެންގުޅޭ އިސްރާއިލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވާން ހުއްދަދޭން އުޅޭތީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލު އަހުމަދު ނަސީމް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.
އިސްރާއިލުން ޣައްޒާގައި ހިންގަމުންދަ ގަތުލު އާންމު ހުއްޓާލަންދެން އިސްރާއިލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތް ހަދަން މަޖިލީހުގެ 241 ކޮމިޓީން ފާސްކުރީ އިއްޔެ އެވެ. ނަމަވެސް އެ ނިންމުމާއެކު ވެސް އިސްރާއިލުގެ ރައްޔިތުން އެހެން ޕާސްޕޯޓުގައި ރާއްޖެ އެތެރެވެވޭނެ ކަމަށް ފާސްކުރި އިސްލާހުގައި ބުނެފައި ވެއެވެ.
އެ އިސްލާހުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ޖަލްސާގައި މީކާއިލް ވިދާޅުވީ އެ ބިލު 308 ދުވަސް ވަންދެން ކޮމިޓީގައި ބޭއްވުމަށް ފަހު ޕްރެޝަރަށް ކެތް ނުކުރެވިގެން ބިލު ހުށަހެޅިފައިވާ މަގުސަދާވެސް ހިލާފަށް އަވަސް އަރުވާލައިގެން ބިލު ނިންމާފައިވާ ކަމަށެވެ.
އަދި ކޮމިޓީގެ ނިންމުން ރައްޔިތުންގެ ވިންދާވެސް ހިލާފުކަމަށް އޭނާ ވިދާޅުވި އެވެ.
އިސްރާއިލުގެ ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ބިލު މަޖިލީހަށް ހުށަހެޅުއްވީ ވެސް މީކާއިލު އެވެ. އެ ބިލު އޭނާ ހުށަހެޅުއްވި އިރުވެސް ޑުއެލް ޕާސްޕޯޓްގައި އިސްރާއިލުގެ ރައްޔިތުންނަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް ހަދަން އޭނާ އޮތީ ހުށަހަޅުއްވައިފަ އެވެ.
"އެހެން ނަމަވެސް މިހާރު ކޮމިޓީ ރިޕޯޓުގައި އޮތް ގޮތުން މި ބުނަނީ އިސްރާއިލުގެ ރައްޔިތުންނަށް މަރުހަބާއޭ." މިކާއިލް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު