ރާއްޖެ ބަނޑަށް ޖެހުނަސް ފަލަސްތީނާއެކު އޮންނާނެކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
އިސްރާއިލުގެ ޕާސްޕޯޓު މަނާކުރުމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ފަލާހު ވިދާލުވީ ނިމިގެން ދިޔަ އެމްޑީޕީ ވެރިކަމުގެ ދުވަސްވަރު އެ ޕާޓީގެ ފަރާތުން މަޖިލީހަށް ހުށަހެޅި މައްސަލައިގައި އިސްރާއިލުގެ ޕާސްޕޯޓު ސީދާ މަނާކުރަން ބުނެފައި ނެތް ކަމަށެވެ.
ފަލާހު ވިދާޅުވީ އިސްރާއިލުގެ ޕާސްޕޯޓު މަނާކުރަން އެމްޑީޕީން ފަހުން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ހުށަހެޅީ ކޮންމެހެން އެކަން ކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ.
އަދި އެ ބިލުް ހުށަހެޅީ ރާއްޖެ އިގުތިސާދު ހުއްޓި ބަނޑަށް ޖެހިދާނެކަމަށް ދެކި މި ސަރުކާރުން އެކަން ނުކުރާނެކަމަށް ދެކިގެން ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، މި ސަރުކާރުން މާތް ވެގެންވާ އިސްލާމް ދީނަށް، ޚާއްސަ ގޮތެއްގައި އަޅުގަނޑުމެންގެ އެ ފަދަ އަޅުގަނޑުމެން ތާއީދުކުރާ އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚުތުން ތިބި ގައުމަކަށް އެ ވަރުގެ އަނިޔާއެއް ދޭއިރަކު އަޅުގަނޑުމެން ބަނޑަށްޖެހުނަސް މި ސަރުކާރަކުން ނުބަލާނެ. [އިސްރާއިލުގެ ޕާސްޕޯޓް] މަނާކުރާނެކަން އެ އޮތީ ދައްކައި ދީފައި." ފަލާހު ވިދާޅުވި އެވެ.
އިސްރާއިލުން ހިންގަމުންދާ ގަތުލު އާންމު ހުއްޓާލަންދެން އެ ގައުމުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން މަޖިލީހުގެ ތަޅުމުން ވަނީ ފާސްވެސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު