ރައީސް މުއިއްޒު
ރައީސް މުއިއްޒު
އިޒްރޭލު ޕާސްޕޯޓު މަނާ ކުރެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން މިއަދު ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

އެ ބިލު މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރީ މިއަދު ހެނދުނު އެވެ. އަދި ހަމަ މިއަދު މެންދުރު ރައީސް މުއިއްޒު ވަނީ ބިލު ތަސްދީގު ކުރައްވައިފަ އެވެ.

އެ ބިލު ތަސްދީގުކުރުމާ އެކު އިސްރާއިލުން ޣައްޒާގައި ގަތުލު އާންމު ހިންގުން ހުއްޓާލަންދެން އިސްރާއިލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭނެ އެވެ. ނަމަވެސް ޑުއެލް ޕާސްޕޯޓު ގެންގުޅޭ އިސްރާއިލުގެ ފަރާތްތަކަށް އެހެން ގައުމެއްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވެވޭނެ އެެވެ.

ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްތީނުގެ އުހުއްވަތްތެރި ރައްޔިތުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އިރުމަތީ ގުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ

ގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ވަނީ ގޮވައިލައްވައިފަ އެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން