މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު، ޑރ. ސަލާހުލްބުދައިރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާ ގޮތެއް ހަމަޖެހިއްޖެއެވެ.

ޑރ. ސަލާހުލްބުދައިރު ރާއްޖެއަށް ވަޑައިގަތުމަށް އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވަނީ ހުއްދަ ދެއްވައިފަ އެވެ.

އިސްލާމިކް ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ ޝެއިހްގެ މި ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވުމުގެ އިތުރުން އާންމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވާނެ ކަމަށެވެ. އަދި ވުޒާރާއި ބުނީ ސަލާހުލްބުދައިރުގެ މި ދަތުރުފުޅުގައި ރާއްޖޭގެ އިލްމުވެރިންނާ ބައްދަލުކުރައްވައި ސައުދީ ސަރުކާރުގެ އެހީގައި ހަދާފައިވާ ސަލްމާން މިސްކިތަށް ވެސް ޒިޔާރާތް ކުރައްވާނެ ކަމަށެވެ.

ވުޒާރާއިން ބުނި ގޮތުގައި މި ދަތުރުފުޅުގައި ސަލާހުލްބުދައިރު އިސްލާމީ މުއައްސަސާތަކަށް ޒިޔާރާތް ކުރެއްވުމުގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރާތެއް ވެސް ކުރައްވާނެ އެވެ.

މިއީ ފާއިތުވި 40 އަހަރުގެ ތެރޭގައި ހަރަމްފުޅުގެ އިމާމަކު ރާއްޖެއަށް ޒިޔާރާތް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމަށް ވުޒާރާއިން ބުންޏެވެ. އެގޮތުން ހަރަމްފުޅުގެ އިމާމަކު އެންމެ ފަހުން ރާއްޖެ ވަޑައިގަތީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިިއްޔާތަށެވެ. އެ ފަހަރު ރާއްޖެ ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމު ޝައިހް މުހައްމަދު އައްސުބައްޔިލް އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން