ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރާނެ މާބޮޑު މަސައްކަތެއް ނޯންނަކަމަށާއި އެހެންވަނީ ބަންޑާރަނައިބު ޒިންމާ އަދާނުކުރައްވާތީކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ޒިޔާދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މުޅިންވެސް އޮންނަނީ ކޮންމެވެސް ނޮން ރެސިޑެންޝަލް ސަފީރަކަށް ރުހުންދިނުންފަދަ މަސައްކަތެއް ކަމަށާއި މެންބަރުން ބަހުސްކުރާނެ ބިލުތަކެއް ބަންޑާރަނައިބަށް ނުފޮނުއްވޭކަމަށެވެ.
އޭނާ ވިދާޅުވީ، މަޖިލީހުގެ މި ދައުރުގައި، ބަންޑާރަނައިބުގެ އޮފީހުން ފޮނުވި މަސައްކަތެއް އަދި ނުކުރާ ކަމަށެވެ. އަދި އެއީ ހިތާމަހުރިކަމެއްކަމަށް ވެސް ޒިޔާދު ވަނީ ވިދާޅުވެފައެވެ.
ހަމަ އެގޮތަށް ސަރުކާރުގެ ތެރެއިން ވެސް ފެނިގެންދަނީ މިނިސްޓްރީތަކުން ކަންކަން ނުވެގެންދާތަން ކަމަށާއި އޭގެ ސަބަބުން އެކަންކަން ކުރެވޭނެގޮތް ހަމަޖައްސަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުގައި ޒިޔާދު ފާހަގަ ކުރެއްވީ، ރާއްޖޭން ބޭރުގައި ތިބޭ ދަރިވަރުންނަށް ލިބެންޖެހޭ ފައިސާ ނުލިބޭ މައްސަލައާއި ތެލަސީމިއާ ސެންޓަރުގެ ކަންކަމުގައި ސީދާ ރައީސް އުޅުއްވަންޖެހުމެވެ.
ސަރުކާރު ނުހިނގާކަން ފާހަގަކުރައްވަމުން ޒިޔާދު ވިދާޅުވީ، މިއަދު ސަރުކާރު ހިންގަވަނީ މާލިއްޔަތު ކޮމެޓީގެ ނައިބު މުގައްރިރާއި މަޖިލީހުގެ ނާއިބު ރައީސްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު