އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް--
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް--
ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދުކުރަން އުޅޭ ކަމަށް ދުނިޔޭގެ މަޝްހޫރު ރޮއިޓާސް ނިއުސް އޭޖެންސީން ބުނެފި އެވެ.

ރޮއިޓާސް އިން ބުނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ހަރަދުތަކުގެ ދެބައިކުޅަ އެއްބައި ކުޑަކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެމެރިކާގެ 30 މިޝަނެއް ބަންދުކުރަން އުޅޭކަމުގެ ލިޔުންތައް ލިބިފައިވާ ކަމަށް ވެސް އެ ރޮއިޓާސް އިން ބުންޏެވެ.

ބަންދުކުރަން އިސްކަންދެނީ އުޅެނީ ޔޫރަޕާއި އެފްރިކާގައި ހިންގާ އެމެރިކާގެ މިޝަންތައްކަމަށް ވެސް ރޮއިޓާސްއިން ބުންޏެވެ.

ރާއްޖޭގެ އެމްބަސީއާއެކު ބަންދުކުރަން މަސައްކަތްކުރަމުންދާ އެމްބަސީތަކުގެ ތެރޭގައި ދެކުނު ސޫދާނު، އެރިތުރިއާ، ލެސޯތޯ އަދި ގެމްބިއާ ފަދަ ގައުމުތައް ހިމެނެ އެވެ.

އެ އެމްބަސީތައް ބަންދުކުރުމުން 30 ބިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށްވެއެވެ.

ނަމަވެސް އެމްބަސީތައް ބަންދުކުރަން އުޅޭކަން އެމެރިކާގެ ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ރާއްޖޭގައި އެމެރިކާގެ އެމްބަސީ ހުޅުވުމުގެ ކުރިން ރާއްޖެއާ ގުޅޭ ކަންކަން އެމެރިކާއިން ކުރިއަށް ގެންދިޔައީ ލަންކާގައި ހުންނަ އެމެރިކާގެ މިޝަން މެދުވެރިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން