ހުސްވެފައިވާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުކަމަށް މއ. ސިގްމާ، މުހައްމަދު މުޖުތާޒު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މުޖުތާޒުގެ ނަމެވެ. އަދި މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ އަޣުލަބިއްޔަތުން އޭނާ އެ މަގާމަށް އައްޔަނުކުރަން ކުރިން އޮތީ ފާސްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މުޖުތާޒު އެ މަގާމަށް އައްޔަނުކުރަން މިއަދު ފާސްކުރީ 71 މެމްބަރުންގެ ވޯޓާއެކު އެވެ.
ތައުލީމާއި ތަޖުރިބާއާއި އިހުލާސްތެރިކަމާއި އަދި ޝައުގުވެރިކަން ހުރި މިންވަރަށް ބަލައި މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން މުޖުތާޒުއަށް މާކްސްގެ ގޮތުގައި 100 އަކުން ލިބުނީ 88 އެވެ.
ސީއެސްސީގެ މެމްބަރެއްގެ މަގާމު ހުސްވީ ކުރިން މެމްބަރެއްގެ ގޮތުގައާއި އަދި އެ ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު މިދިޔަ މަހު އިސްތިއުފާ ދެއްވުމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު