އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލާއި ޕާޓީގެ ބައެއް ފަރާތްތަކަށް ދައުވާކޮށް މައްސަލަތައް ބެލުމަކީ ބިރުދެއްކުމަށް ހިންގާ ކަމެއްކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒުގެ ދަރިކަލުންގެ ކަރާމާތަށް އުނިކަން އަންނަގޮތަށް ވާހަކަތަކެއް ދައްކާފައިވާކަމަށް ބުނެ އެމަނިކުފާނުގެ އާއިލާގެ ފަރާތުން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު މިހާރުވަނީ ފައްޔާޒާއި އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ މަރިޔަމް ޒުބައިރު (މަންދީ) އަދި އެމްޑީޕީއަށް ދައުވާކުރުމަށް ކޯޓަށް ހުށަހަޅާފައެވެ.
އެންމެ ފުރަތަމަ މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ކޯޓަށެވެ. މިއަދު އެމައްސަލަ ވަނީ ފެމެލީ ކޯޓަށް ވެސް ހުށަހަޅާފައިކަމަށް މެޑަމް ސާޖިދާގެ ފަރާތުން ގާނޫނީގޮތުން މަސައްކަތް ކުރައްވާ އާޒިމާ ޝުކޫރުގެ ލޯފާމުން ވަނީ ބުނެފައެވެ.
މިމައްސަލައާއި ގުޅިގެން ޢަބްދުﷲ ޝާހިދު މިއަދު އެކްސްގައި ވިދާޅުވީ، އެމްޑީޕީއާއި ޗެއާޕާސަން ފައްޔާޒު އިސްމާޢީލް އަދި އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކާ މެދު އެކި ނަންނަމުގައި ދައުވާ އުފުލައި، މައްސަލަތައް ބެލުމަށް ކުރާ ކަންކަމަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ސަރުކާރުން ކުރާ މަސައްކަތެއްކަމަށެވެ.
އަދި އެއީ ބިރުދެއްކުމަށް ސަރުކާރުން ކުރާކަމެއްކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
"ތިޔަގޮތަށް ކޮށްލާ ދައުވާއަކުން ނުވަތަ ފޮނުވާލާ ޗިޓަކުން އެމްޑީޕީގެ ލަޝްކަރު ފަހަތަށް ނުޖެއްސޭނެ." ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ އިސް ފަރާތްތަކަށް ދައުވާ ކޮށްފައިވަނީ ރަމަޟާން މަހުގެ ތެރޭގައި އެ ޕާޓީން ކުރިއަށް ގެންދިޔަ އެއްވުންތަކުގެ ތެރެއިން ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަތަކެއް ދެއްކި މައްސަލާގައެވެ.
އެ މައްސަލާގައި ދަރިކަލުންގެ ކަރާމާތް ނަގާލިކަމަށް އާއިލާއިން ވިދާޅުވިނަމަވެސް، އެމްޑީޕީން ބުނެފައިވަނީ އެއްވުމުގެ ތެރެއިން ވަކި ދަރިކަލެއްގެ ނަން ނުކިޔާ ކަމަށާއި ވަކި ދަރިކަލަކަށް ނިސްބަތްކޮށް ދަރިކަލުންގެ ކަރާމާތަށް އުނިކަން ގެނައީ ރައީސްގެ އާއިލާއިން ކަމަށެވެ. އެ މައްސަލަ އެމްޑީޕީން ވަނީ ކޯޓަށް ވެސް ހުށަހަޅާފައެވެ.

އެމްޑީޕީއާއި ޗެއާޕާސަން @faya_i އަދި އިސް ޙަރަކާތްތެރީންގެ މައްޗަށް އެކި ނަންނަމުގައި ދަޢުވާ އުފުލައި، މައްސަލަތައް ބެލުމަށް ކުރާ ކަންކަމަކީ، ޤާނޫނު އަސާސީ އިން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން…
— Abdulla Shahid (@abdulla_shahid) April 16, 2025
މިމައްސަލައާއި ގުޅިގެން ޢަބްދުﷲ ޝާހިދު މިއަދު އެކްސްގައި ވިދާޅުވީ، އެމްޑީޕީއާއި ޗެއާޕާސަން ފައްޔާޒު އިސްމާޢީލް އަދި އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކާ މެދު އެކި ނަންނަމުގައި ދައުވާ އުފުލައި، މައްސަލަތައް ބެލުމަށް ކުރާ ކަންކަމަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ސަރުކާރުން ކުރާ މަސައްކަތެއްކަމަށެވެ.
އަދި އެއީ ބިރުދެއްކުމަށް ސަރުކާރުން ކުރާކަމެއްކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
"ތިޔަގޮތަށް ކޮށްލާ ދައުވާއަކުން ނުވަތަ ފޮނުވާލާ ޗިޓަކުން އެމްޑީޕީގެ ލަޝްކަރު ފަހަތަށް ނުޖެއްސޭނެ." ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ އިސް ފަރާތްތަކަށް ދައުވާ ކޮށްފައިވަނީ ރަމަޟާން މަހުގެ ތެރޭގައި އެ ޕާޓީން ކުރިއަށް ގެންދިޔަ އެއްވުންތަކުގެ ތެރެއިން ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަތަކެއް ދެއްކި މައްސަލާގައެވެ.
އެ މައްސަލާގައި ދަރިކަލުންގެ ކަރާމާތް ނަގާލިކަމަށް އާއިލާއިން ވިދާޅުވިނަމަވެސް، އެމްޑީޕީން ބުނެފައިވަނީ އެއްވުމުގެ ތެރެއިން ވަކި ދަރިކަލެއްގެ ނަން ނުކިޔާ ކަމަށާއި ވަކި ދަރިކަލަކަށް ނިސްބަތްކޮށް ދަރިކަލުންގެ ކަރާމާތަށް އުނިކަން ގެނައީ ރައީސްގެ އާއިލާއިން ކަމަށެވެ. އެ މައްސަލަ އެމްޑީޕީން ވަނީ ކޯޓަށް ވެސް ހުށަހަޅާފައެވެ.
ކިޔުންތެރިންގެ ހިޔާލު