ކުރީގެ ރައީސް ޑރ.މުހަންމަދު ވަހީދު: މާސްކް ނަޅައިގެން އެމަނިކުފާނު ވަނީ 1000 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައި
ކުރީގެ ރައީސް ޑރ.މުހަންމަދު ވަހީދު: މާސްކް ނަޅައިގެން އެމަނިކުފާނު ވަނީ 1000 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައި
ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

"ރާއްޖެ ވިއްކާލުމާއި ދެކޮޅަށް" ނަމުގައި އިދިކޮޅުން ބޭއްވި ސައިކަލް ބުރުގައި އެޗްޕީއޭގެ ގައިޑްލައިން އާއި ޚިލާފުވެވަޑައިގެން މާސްކު ނާޅުއްވައި އެެއްވުމުގެ ބައިވެރިންނާއި މުޚާތަބު ކުރެެއްވި މައްސަލައިގައި ރައީސް ވަހީދުގެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފައެވެ. އެ ސައިކަލް ބުރު ނިންމާލުމުގެ ގޮތުން ޕީޕީއެމް އޮފީސް ކުރިމަތީ ގައި އެއްވެފައިތިބި މީހުންނާއި މުހާތަބުކުރައްވައި ރައީސް ވަހީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ފުލުހުންގެ އޮފީހަށް މިއަދު ހަވީރު ހާޒިރުވެވަޑައިގެންނެވުމަށްފަހު ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ފުލުހަށް ހާޒިރު ކުރެއްވީ އާންމު ސިއްހަތުގެ އުސޫލާއި ހިލާފަށް މާސްކު ނާޅުއްވައި ހުންނެވި ކަމަށް ތުހުމަތުކޮށް ކަަމަށެވެ. އެމައްސަލައިގައި މިއަދު ހާޒިރުކުރުމަށް ފަހު ޖޫރިމަނާ ކޮށްފައިވާ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު މީގެ ކުރިން ވިދާޅުވީ އެއްވުމުގައި ހުންނެވީ މާސްކު އަޅުއްވައިގެން ކަމަށާއި، އެމަނިކުފާނު މާސްކު ނެންގެވީ އެއްވުމުގައި ވާހަކަފުޅު ދެއްކެވުމަށް ކުޑަވަގުތުކޮޅަކަށް ކަމަށެވެ. އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ވެސް ރައީސް ވަހީދު އެޗްޕީއޭގެ ގައިޑްލައިން އާއި ޚިލާފަށް އަމަލު ކުރެއްވި ކަމަށް ބުނެ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވެއެވެ.

އެދުވަހު ފުލުހަށް ހާޒިރުކުރުމުން ރައީސް ވަހީދު ވަނީ ޤާނޫނީ ވަކީލަކާއި އެކު ފުލުހުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފައެވެ. އެހެންކަމުން މިއަދު ރައީސް ވަހީދު އެމައްސަލައިގައި ފުލުހަށް ހާޒިރުވެވަޑައިގެންނެވީ ގާނޫނީ ވަކީލަކާ އެކުއެވެ. އިދިކޮޅު ސައިކަލް ބުރުގައި އިސްކޮށް ހަރަކާތްތެރިވި ރައީސް ވަހީދު ފިޔަވައި އެހެން ބައެއް ބޭފުޅުން ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް 1000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ. އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ އާއި ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް މުހަންމަދާއި ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން