ބޭރުގެ އަސްކަރީ ފައުޖުގެ މީހުންނާއި ބޭރުގެ ޖާސޫސުން ތިބި އަދަދު ކަށަވަރު ނުވާނަމަ ކޮންމެ ކަމެއް ކޮންމެ ވަގުތެއްގައިވެސް ހިނގާފާނެ ކަމުގެ އިންޒާރު ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ދެއްވައިފިއެވެ.
ފޭސްބުކުގައި ލިޔުއްވާފައިވާ ސްޓޭޓަސްއެއްގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވީ ރާއްޖެ އަމާންކަމަށް ޤަބޫލުުކުރަން ދަތި ކަމަށެވެ. އަދި ބޭރުގެ ޖާސޫސުންނާއި އަސަކަރިއްޔާއަށް ކޮންޓްރޯލެއް، ލިމިޓެއްނެތި އޮޕަރޭޓް ކުރުމުގެ ހުއްދަ ދެނީ ދުނިޔޭގެ ކޮން ގައުމެއްގައިތޯ ހުސެއިން ވަހީދު ސުވާލު ކުރެއްވިއެވެ. އަދި އެހެން ގައުމެއްގެ އަސްކަރިއްޔާއާއި ޖާސޫސުންގެ ދިފާއަށް އެގައުމެއްގެ ދިފާއީ ގުނަވަންތަކުން ހިމާޔަތް ދީ ދިފާއު ކުރަނީ ކޮން ގައުމަކުންތޯ ވެސް ހުސެއިން ވަހީދު ވަނީ ސުވާލު އުފައްދަވާފައެވެ.
ހަތިޔާރު ހުރުމާއި ނެތުމަކީ މައްސަލައެއް ނޫން ކަމަށާއި ތަމްރީނު ލިބިފައިވާ ސޯލްޖަރަކަށް ކޮންމެ އެއްޗެއްވެސް ހަތިޔާރަކަށް ބަދަލުކޮށްލެވޭނެ ކަން ދަންނަ، ކަން އެނގޭ މީހުންގެ ވާހަކަތައް ބަދަލު ވުމަކީ ވަރަށް ދެރަަވަރު ކަމެއް ކަމަށް ހުސެއިން ވިދާޅުވިއެވެ. އަދި ސުމާރެއް ނެތި އައިސް ގޮސް އުޅެވެންޏާ ހަތިޔާރު ގެންނާކަށް މާގިނަ ވަގުތެއްވެސް ނުނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދިހަމަ އެހެންމެ ޑްރަގު ރާއްޖެއަށް އެތެރެ ކުރަނީ ފޮށިގަނޑުތަކުގެ ބޭރުގައި "ޑްރަގް" ޖަހައިގެން ނޫން ކަމަށާއި ހަމަ އެބީދައިން ހަތިޔާރު ވެސް އެތެރެ ކުރެވިދާނެ ކަމަށް ހުސެއިން ވަހީދު ވިދާޅުވިއެވެ.
"ފިލާވަޅުތައް ނަގައިދިން މީހުން ކިޔަވާދިން އެއްޗަކާއި ހިލާފަށް ކަންކުރީމަ ވަރަށް ގޯސް. އެއީ ނޭގުމެއްނޫން ނުބައި ނުލަފާކަން. ގައުމަށް ޣައްދާރުވުން. ލުތުފީ އެކޭ، ވަސަންތިއެކޭ، ވިޔަޒޯރެކޭ ތަފާތެއް ކޮބާ؟" ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ސުވާލު ކުރެއްވިއެވެ.
ހދ. ހަނިމާދޫ އެއާޕޯޓަށް އިންޑިއާގެ އަސްކަރީ ދެ ޑޯނިއާ މިއަދު ވަނީ ޖައްސާފައެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ މިއީ ސިލްސިލާކޮށް ރާއްޖޭގެ އީއީޒެޑް ބެލުމަށް އެމްއެންޑީއެފްގެ ކޯސްޓް ގާޑުގެ ސިފައިންނާއި ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
އެމްއެންޑީއެފްގެ އެކި ބޭނުންތަކަށް އަދި ހާލު ދެރަ ބަލި މީހުން ރަށްރަށުން މާލެ ގެނައުމަށް ބޭނުން ކުރަމުން އަންނަ އިންޑިއާގެ ދެ ހެލިކޮޕްޓަރު ދުއްވުމަށް ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ ސޯސަލް މީޑިޔާގައި މިހާރު ވަނީ ކެމްޕޭނެއްވެސް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު