އެމެރިކާއިން ޔަމަނުގެ ރާސް އީސާ ތެޔޮ ބަނދަރަށް ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 38 މީހުން މަރުވެ، 102 މީހުން ޒަޚަމްވެއްޖެއެވެ.
މިއީ އެމެރިކާ ސިފައިން މިހާތަނަށް ޔަމަނަށް ދިން އެންމެ ވަރުގަދަ މަރުގެ އެއް ހަމަލާ ކަމަށް ހޫތީއާ ގުޅުން ހުރި މީޑިއާތަކުން ރިޕޯޓްކުރެ އެވެ. އެގޮތުން ހުދައިދާ ހެލްތު އޮފީހާ ހަވާލާދީ އަލް މަސީރާ ޓީވީން ބުނީ ބުރާސްފަތި ދުވަހު ހިންގި ހަޅުތާލުތަކުގައި އެކަނިވެސް 102 މީހަކު ޒަހަމްވެފައިވާ ކަމަށެވެ.
ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަލް މަސީރާ ޓީވީން މީސް މީޑިއާގައި ހިއްސާކުރި ވީޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި ރަސް އީސާ ބަނދަރު ކަމަށް ބެލެވޭ ސަރަހައްދަކަށް ރޭގަނޑުގެ ވަގުތެއްގައި ހަމަލާތަށް ދޭ މަނަޒަރު ފެނެއެވެ. އަދި މަރުވެފައިވާ ބެއެއް މީހުންގެ ހަށިތައްވެސް ފެނުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.
"އެމެރިކާގެ އަނިޔާވެރިކަމުގެ ޖަރީމާ ރާސް އީސާގެ ތެޔޮ ބަނދަރަށް އަމާޒުކޮށް، އޭގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ޝަހީދުވެ، ބަނދަރުގެ މަސައްކަތްތެރިންނާއި މުވައްޒަފުންނަށް އަނިޔާވި ފުރަތަމަ ފޫޓޭޖް،" މި ވީޑިއޯގެ ކެޕްޝަނުގައި ލިޔެފައިވެ އެވެ.
މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ ހޫތީ ހަނގުރާމަވެރިންނަށް ތެޔޮ ހޯދަން ދަތިކުރުމުގެ ގޮތުން ދެމުންގެންދާ ހަމަލާތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު