ތަލިބާން ހަނގުރާމަވެރިންތަކެއް--
ތަލިބާން ހަނގުރާމަވެރިންތަކެއް--
ރަޝިއާއިން ގަބޫލުކުރާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ތާލިބާން ނަގަައިފި އެވެ.

ދެހާސް އެއްވަނަ އަހަރު އެމެރިކާއިން އަފްގާނިސްތާނަށް އަރައިގަނެ ތަލިބާން ސަރުުކާރު ވައްޓާލި ނަމަވެސް 2022 ވަނަ އަހަރު ތާލިބާނުން އަނެއްކާވެސް ވަނީ ވެރިކަމަށް އައިސްފަ އެވެ. އެހެން ނަމަވެސް އެއްވެސް ގައުމަކުން ތާލިބާން ސަރުކާރު އަދި ރަސްމީކޮށް ބަލައިނުގަންނަ އިރު ބައެއް ގައުމުތަކުގައި އަދިވެސް ތާލިބާނުންނަކީ ޓެރަރިސްޓް ޖަމާއަތުގެ ގޮތުގައި ލިސްޓުކޮށްފައިވާ ޖަމާއަތެކެވެ.

ރަޝިއާގެ ސުޕްރީމް ކޯޓުން އިއްޔެ ވަނީ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ތާލިބާން ނަގައިފަ އެވެ. އޭގެ ކުރިން ރަޝިއާގެ އެއްވެސް ފަރާތަކުން ތަލިބާނުންނާ އެއްވެސް ގުޅުމެއް ބޭއްވުމަކީ ގާނޫނީ ގޮތުން ކުށެކެވެ.

ނަމަވެސް މިހާރު އަފްގާނިސްތާނަށް ހަމަޖެހުން ގެނައުމަށްޓަކައި ރަޝިއާގެ އޮފިޝަލުންނަށް ތަލިބާނުންނާ ގުޅުންތައް ބޭއްވޭނެ އެވެ.

ރަޝިއާގެ ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ތާލިބާން ސަރުކާރުން ގަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ސުހައިލް ޝާހީން ވަނީ ރަޝިއާގެ ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ.

ރަޝިއާއިން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ތާލިބާން ޖަމާއަތް ނެގި ނަމަވެސް ތާލިބާން ސަރުކާރުން ޓެރަރިސްޓު ޖަމާއަތްތަކަށް ހިމާޔަތް ދެމުންދާކަމުގެ އަޑުތައް ދަނީ ވަރަށް ގަދަވެފަ އެވެ.

އެގޮތުން އެފަދަ ތުހުމަތުތައް އެންމެ ބޮޑަށް ކުރަމުންދާ އެއް ގައުމަކީ އަގްފާނިސްތާނާ ޖެހިގެން އޮންނަ ޕާކިސްތާނެވެ.

އެގޮތުން ދާދި ފަހުން ޕާކިސްތާނުގެ ރެއިލްއެއް ހައިޖެކްކޮށް އެތައް ބަޔަކު ރަހީނުކުރި ހާދިސާގެ ފަހަތުގައި ތިބި މީހުން ތިބީ އަފްގާނިސްތާނުގައިކަމަށްވެސް ޕާކިސްތާނުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން