ގދ. ހޯނޑެއްދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ ދެ މީހަކަށް ފަރުވާ ދިނުމަށް، ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފިއެވެ.
އެޗްޕީއޭ އިން ބުނީ ހޯނޑެއްދޫ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ދެމީހަކު މިރޭ 8 ޖެހިއިރު ވިލިނގިއްޔަށް ގެންގޮސްފައިވާކަމަށާއި، އެއީ 80 އަހަރުގެ ދިވެހި ފިރިހެނަކާއި، 64 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
މިހާތަނަށް 30 މީހަކު އެރަށުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު، އޭގެތެރެއިން 21 މީހަކު ޕޮޒިޓިވްވެފައިވަނީ ރަށު ތެރެއިން ވަކި ތަރުތީބެއް ނެތި ނެގި ރެންޑަމް ސާމްޕަލްތަކަކުންނެވެ. އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި 50 އަހަރުން މަތީގެ ފަސް މީހަކާއި އަހަރު ނުވާ ދެ ކުދިން ވެސް ހިމެނެއެވެ.
ހޯނޑެއްދޫ އިން ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ. އޭގެ ފަހުން އެ މީހުންނާ ގުޅުމެއް ނެތް އިތުރު ދެ މީހަކު ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންގޮސް ސަތޭކައެއްހާ މީހުންގެ ސާމްޕަލް ވަނީ ނަގާފައެވެ.
ހޯނޑެއްދޫ މިހާރު އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ. އަދި އެރަށުން ޕޮޒިޓިވްވި މީހުންގެ ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި މީހުން މިހާރު ކަރަންޓީނުކޮށްފައި ވާއިރު، އެރަށުން ނަގާފައިވާ ގިނަ ސާމްޕަލްތަކުގެ ނަތީޖާ އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު