ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށް އެކުލަވާލި އެކްޝަން ޕްލޭން މި އަހަރު މެދުތެރޭގައި ތަންފީޒު ކުރަން ފަށާނެ ކަމަށް ސޯޝަލް ޑިވެލޮޕްމެންޓު މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި މިނިސްޓްރީން ބުނީ "ނޭޝަލަން އެކްޝަން ޕެލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން" އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބޭނުންތައް ދެނެގަނެ، ހުނަރު ތަރައްގީކޮށް، މަސައްކަތުގެ ތަޖުރިބާއާއި، އިޤްތިޞާދީ މިނިވަންކަމަށް މަގުފަހިކޮށްދޭ ފުރުސަތުތައް އެފަރާތްތަކަށް ހޯދައިދިނުމަށްޓަކައި އެކުލަވާލެވިފައިވާ ޕްލޭނެއް ކަމަށެވެ.
މި ޕްލޭނާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުގެ ސިއްހީ ދުޅަހެޔޮކަން އިތުރަށް ކަށަވަރުކުރެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ މި ޕްލޭން އެކުލަވާލުމުގައި އެންމެ ބޮޑު އިސްކަމެއް ދެވިފައިއޮންނާނީ ސިއްހީ ދާއިރާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލު ކުރުމަށްޓަކައި ކަމަށެވެ.
އެގޮތުން މި ޕްލޭންގެ ދަށުން ސިއްހީ ދާއިރާއިން އެފަދަ ފަރާތްތަކަށް ފޯރުކޮށްދެވިދާނެ ހިދުމަތްތައް ހަރުދަނާކުރުމުގެ އިތުރުން އެމީހުން އާންމު ހާލަތައް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ނުކުޅެދުންތެރިކަމުން ރައްކާތެެރި ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށާއި، ޅަފަތުގައި ދޭންޖެހޭ ފަރުވާއަށްވެސް މި ޕްލޭންގައި އިސްކަންދީފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ މި ޕްލޭންގެ ސަބަބުން ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްކަށް ކުރިމަތިވަމުންދާ ހުރަސްތައް ދެނެގަނެވިގެންދާނެ ކަމަށެވެ. އަދި އެހެން ފަރާތްތަކަށް ބަރޯސާވުން ކުޑަކޮށް އަމިއްލައަށް ދިރިއުޅުމެއް އާރާސްތުކުރުމުގެ މަގުފަހިކޮށްދެވިގެން ދާނެކަމަށްވެސް މިނިސްޓްރީން ފާހަގަ ކޮށްފައި ވެއެވެ.
މި ޕްލޭނަކީ ސޯޝަލް ޑިވެލޮޕްމެންޓް މިނިސްޓްރީއާއި، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން އެކުލަވާލާފައިވާ ޕްލޭނެކެވެ. މި އެކްޝަން ޕްލޭންގައި މައިގަނޑު 5 ދާއިރާއެއްގެ މައްޗަށް އުސޫލުތައް އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާއާއި، މާލީ ދާއިރާއާއި، އިންކްލޫސެބިލިޓީގެ އިތުރުން އެކްސެސް ޓު ޖަސްޓިސް ދާއިރާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު