ސިވިލް ސާވިސް ކޮމިޝަން (ސިީއެސްސީ)ގެ މެމްބަރުކަމަށް މއ. ސިގްމާ, މުހައްމަދު މުޖުތާޒް އައްޔަނުކޮށްފި އެވެ.
މުޖުތާޒް ސީއެސްސީގެ މެމްބަރުކަމަށް އައްޔަނުކުރަން މަޖިލީހުން ރުހުން ދިނީ މިދިޔަ ހަފްތާގަ އެވެ. އަދި މިއަދު ހެނދުނު ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ އެ މަގާމަށް އައްޔަނުކުރައްވައި ލިޔުން ހަވާލުކޮށްދެއްވައިފަ އެވެ.
ސީއެސްސީގެ މެންބަރުކަމަށް އައްޔަނުކުރުމުގެ ކުރިން މުޖުތާޒް މިއަދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ހުސެއިން ޝަހީދުގެ ކުރިފުޅުމަތީގައި މެމްބަރުކަމުގެ ހުވާވެސް ކުރައްވައިފަ އެވެ. މުޖްތާޒަށް ހުވައި ލައިދެއްވީވެސް ޝަހީދެވެ.
މުޖްތާޒު ވަނީ މޯލްޑިވްސްކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ ހާސިލްކުރައްވައިފަ އެވެ. އޭނާ ވަނީ ރައީސް އޮފީހުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެނޫންވެސް އިސް މަގާމުތައް ފުރުއްވާފައެވެ.
ސީއެސްސީގެ މެމްބަރެއްގެ މަގާމު ހުސްވީ ކުރިން މެމްބަރެއްގެ ގޮތުގައާއި އަދި އެ ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު މިދިޔަ މަހު އިސްތިއުފާ ދެއްވުމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު