ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ކެންސަލް ކުރުމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ. އެގޮތުން މާދަމާގެ ޖަލްސާ ކެންސަލް ކޮށްފައި ވާކަން މެމްބަރުންނަށް އަންގާފައިވާއިރު ޖަލްސާ ކެންސަލް ކުރި ސަބަބެއް އަންގާފައެއް ނުވެއެވެ.
މަޖިލީހުގެ ޖަލްސާ ކެންސަލް ކުރުމާއި ގުޅިގެން މީކާއީލް އެކްސްގައި ވިދާޅުވީ، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަންގެ ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން އިތުރުކުރަން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ސައްހަ ނޫން ފޯމު ތަކުގައި ފާހަގަ ކުރެވޭ މިންވަރަކަށް ހޯމް މިނިސްޓްރީގެ އިސްވެރިން ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާތީ، އެބޭފުޅުންނާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފާވޭތޯ ހޯމް މިނިސްޓަރު ޢަލީ އިހުސާނާ ސުވާލު ކުރުމަށް މަޖިލީހަށް ހުށަހެޅުއްވިކަމަށެވެ.
ނަމަވެސް، މި އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވިނަމަވެސް، މިހާ ދުވަސްވީއިރު އެ މައްސަލަ އެޖެންޑާ ނުކޮށް އޮތީކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެގޮތަށް ފޮނުވާ ނޯޓިސްގެ މުއްދަތަކީ 14 ދުވަސްކަމަށް ވީއިރު، އޭގެ އެތައް މަހެއްފަހުން، މާދަމާ އޮންނަ ޖަލްސާއަށް އެކަން އެޖެންޑާ ކޮށްފައިވާކަން މިއަދު މަޖިލީހުން އޭނާއާ ހިއްސާކުރިކަމަށް ވަނީ ބުނެފައެވެ.
ނަމަވެސް، މާދަމާގެ ޖަލްސާ މިހާރު ކެންސަލް ކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން މީކާއީލް ވަނީ ފާޅުކުރައްވާފައެވެ.
މަޖިލީހުގެ ރިޔާސަތުން ވިދާޅުވަނީ، މަޖިލީހުގެ ތަޅުމުގައި ހިނގާ ޖަލްސާތައް މަދުނަމަވެސް، ކޮމެޓީތަކުގައި މަސައްކަތްތައް ކުރިއަށް ދާކަމަށެވެ.

މިއީ މީގެ 4 މަސް ކުރިން އަޅުގަނޑު ހޯމް މިނިސްޓަރާއި ސުވާލުކުރަން ފޮނުވި ނޯޓިހެއް. ނޯޓިސްގެ މުއްދަތަކީ 14 ދުވަސް. 14 ދުވަސް ފަހަނައަޅާ 5 ވަނަ މަހާއި ގާތްވެފައި ވަނިކޮށް މާދަމާއަށް މި ސުވާލު އެޖެންޑާކޮށްފިކަމަށް އެންގުމަށްފަހު ދެން އެންގީ މާދަމާ މަޖިލިސް ޖަލްސާއެއް ނޯންނާނެކަމަށް. https://t.co/i3Bg7BvgXx
— Meekail Naseem (@MickailNaseem) April 20, 2025
އަދި އެގޮތަށް ފޮނުވާ ނޯޓިސްގެ މުއްދަތަކީ 14 ދުވަސްކަމަށް ވީއިރު، އޭގެ އެތައް މަހެއްފަހުން، މާދަމާ އޮންނަ ޖަލްސާއަށް އެކަން އެޖެންޑާ ކޮށްފައިވާކަން މިއަދު މަޖިލީހުން އޭނާއާ ހިއްސާކުރިކަމަށް ވަނީ ބުނެފައެވެ.
ނަމަވެސް، މާދަމާގެ ޖަލްސާ މިހާރު ކެންސަލް ކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން މީކާއީލް ވަނީ ފާޅުކުރައްވާފައެވެ.
މަޖިލީހުގެ ރިޔާސަތުން ވިދާޅުވަނީ، މަޖިލީހުގެ ތަޅުމުގައި ހިނގާ ޖަލްސާތައް މަދުނަމަވެސް، ކޮމެޓީތަކުގައި މަސައްކަތްތައް ކުރިއަށް ދާކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު