ހަޔާތުުން ވޭތުވި 43 އަހަރުގެ ތެރޭގައި އެންމެ ބޮޑަށް މިނިވަންކަން ނެތުމުގެ އިހުސާސް ކުރަން ޖެހިވަޑައިގަތީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ ވިދާޅުވީ، ދިވެހި ރައްޔިތުންގެ މިނިވަންކަން އެންމެ ބޮޑަށް ގެއްލިގެން ދިޔައީ މިހާރު އިދިކޮޅުގައި ތިބި ޕީޕީއެމްއާއި ޕީއެންސީގެ ސަރުކާރުގައި ކަމަށެވެ. އެ ކޯލިޝަނުން މިނިވަން ކަމުގެ ވާހަކަ ދެއްކުމަކީ ބޮޑު ޖޯކެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"ސިޔާސީ ބޭނުމަކަށްޓަކައި އެތައް ބަޔަކު ޖަލަށްލި، ދެން ޖަލަށް ދާން ޖެހޭނީ ކާކު ކަމުގެ ބިރުވެރިކަން ރައްޔިތުންގެ ތެރޭގައި ފެތުރިފައި އޮތީ. ގާނޫނު ހަދާ މަޖިލިސް ވެސް ބަންދުކޮށްފައި އޮތީ. ރައްޔިތުން އިންތިހާބު ކުރި މަޖިލީހުގެ މެންބަރުންތަކެއް ވެސް ދާން ޖެހުނީ ޖަލަށް." ރައީސް ޔާމިންގެ ސަރުކާރުގައި ތަޖުރިބާ ކުރި ކަންކަމަށް އިޝާރަތް ކުރައްވަމުން ރޮޒައިނާ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިބެގެން އިންޑިއާއިން ރާއްޖޭގެ މިނިވަންކަން ނަގާލަން އުޅޭ ކަމުގެ ވާހަކަ ދައްކަމުން ގެންދަނީ ދިވެހިންގެ މިނިވަން ކަމަށް އެންމެ ބޮޑަށް އަސަރު ކުރުވީ ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ގައުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އިންޑިއާއިން ދުވަހަކުވެސް އަޅުގަނޑުމެންގެ ތެރެއަކު ބަޔަކު ޖަލުގައި ބަންދުކޮށެއް ނުހަދާ. ޕެޕާ ސްޕްރޭއަށް ނުޖަހާ. އަޅުގަނޑުމެންގެ ފަނޑިޔާރުން ހައްޔަރެއް ނުކުރޭ. މިފަދަ ކަންކަމާ ހެދި ޖަލުގައާއި މަގުމަތީގައި ބަޔަކު ނިޔާވެގެނެއް ނުދޭ." އިންޑިޔާ ދިިފާއު ކުރައްވަމުން ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ އިންޑިއާއާ ދެކޮޅަށް އިދިކޮޅު ސަޕޯޓަރުން ބޮޑު ކެމްޕޭނެއް ފަށާފައިވަނިކޮށެވެ. "އިންޑިއާ އައުޓް" ހޭޝްޓެގާއެކު މީސް މީޑިއާގައި ކެމްޕޭން ކުރަމުންދާއިރު، "ގައުމު ވިއްކާލުމާ ދެކޮޅަށް" ނަމުގައި މަގުމަތީ ހަރަކާތްތަކެއް ވެސް އެ ކޯލިޝަނުން ދާދިފަހުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު މިހާރު ކުރެވެމުންދާ އެންމެ ވާދަވެރި ބަހުސަކީ އިންޑިޔާއިން ދޭ އެހީއާއި އިންޑިއާއާއެކު މިސަރުކާރުން ބާއްވާ ގުޅުމާއި މެދު ކުރެވޭ ބަހުސެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ސިފަ ކުރާ ގޮތުންނަމަ މި ސަރުކާރަށް އިންޑިއާއިން ދޭ އެހީތަކާއި ބާއްވާ ގޮތްނޭނގޭ ގުޅުންތަކުގެ ފަހަތުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާފާނެ ކަންތައްތަކެއް ހިމެނެއެވެ.

PPM/PNC talking about independence & freedom is a joke. In my 43 years of life I never felt the loss of freedom like I felt in Yameen’s 5 years. So many ppl jailed 4 political gain. Ppl always afraid of who wud b next! No freedom of assembly/speech! Parliament locked, MPs jailed!
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) September 8, 2020
އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިބެގެން އިންޑިއާއިން ރާއްޖޭގެ މިނިވަންކަން ނަގާލަން އުޅޭ ކަމުގެ ވާހަކަ ދައްކަމުން ގެންދަނީ ދިވެހިންގެ މިނިވަން ކަމަށް އެންމެ ބޮޑަށް އަސަރު ކުރުވީ ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ގައުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އިންޑިއާއިން ދުވަހަކުވެސް އަޅުގަނޑުމެންގެ ތެރެއަކު ބަޔަކު ޖަލުގައި ބަންދުކޮށެއް ނުހަދާ. ޕެޕާ ސްޕްރޭއަށް ނުޖަހާ. އަޅުގަނޑުމެންގެ ފަނޑިޔާރުން ހައްޔަރެއް ނުކުރޭ. މިފަދަ ކަންކަމާ ހެދި ޖަލުގައާއި މަގުމަތީގައި ބަޔަކު ނިޔާވެގެނެއް ނުދޭ." އިންޑިޔާ ދިިފާއު ކުރައްވަމުން ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ އިންޑިއާއާ ދެކޮޅަށް އިދިކޮޅު ސަޕޯޓަރުން ބޮޑު ކެމްޕޭނެއް ފަށާފައިވަނިކޮށެވެ. "އިންޑިއާ އައުޓް" ހޭޝްޓެގާއެކު މީސް މީޑިއާގައި ކެމްޕޭން ކުރަމުންދާއިރު، "ގައުމު ވިއްކާލުމާ ދެކޮޅަށް" ނަމުގައި މަގުމަތީ ހަރަކާތްތަކެއް ވެސް އެ ކޯލިޝަނުން ދާދިފަހުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު މިހާރު ކުރެވެމުންދާ އެންމެ ވާދަވެރި ބަހުސަކީ އިންޑިޔާއިން ދޭ އެހީއާއި އިންޑިއާއާއެކު މިސަރުކާރުން ބާއްވާ ގުޅުމާއި މެދު ކުރެވޭ ބަހުސެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ސިފަ ކުރާ ގޮތުންނަމަ މި ސަރުކާރަށް އިންޑިއާއިން ދޭ އެހީތަކާއި ބާއްވާ ގޮތްނޭނގޭ ގުޅުންތަކުގެ ފަހަތުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާފާނެ ކަންތައްތަކެއް ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު