އިންތިހާއަށް ސިނގިރެޓް އެތެރެކޮށް ނަފާ ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ނުވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކުރުމުން ސިނގިރެޓް އެތެރެކުރާ މިންވަރު ދަށްވެގެން ހިނގައިދާނެ ކަމަށެވެ.
އެހެން އެގޮތަށް ކަންކަން ދިޔަ ނަމަވެސް އިންތިހާއަށް ސިނގިރެޓް އެތެރެކުރަން ރައީސް ބޭނުންފުޅު ނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެއީ އެއަށްވުރެ ގެއްލުންދޭ ކަމެއް. އަޅުގަނޑުމެން މިދަނީ އެ ވާހަކަ ދައްކަމުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް، އަޅުގަނޑުމެންގެ ކުރިއަށް އޮތް ޖީލުގެ ދަރިންނަކީ ދުޅަހެޔޮ ސިއްހަތު ރަނގަޅު ދަރިންނަށްވީމަ އެއިން މާ ފައިދާ ބޮޑުވޭ ގެއްލިގެންދާ ޑިއުޓީ ފައިސާއަށް ވުރެ." މިނިސްޓަރު ވިދާލުވި އެވެ.
ސައީދު އިތުރަށް ވިދާޅުވީ މި ސަރުކާރުން އިސްކަންދޭ އެއް ކަމަކީ ދުޅަހެޔޮ ރަނގަޅަށް ތަރުބިއްޔަތުވެފައިވާ ޖީލެއް ބިނާކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު