މިސަރުކާރުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ ކަމަށާއި ކުންފުނިތަކުގެ ކަންބޮޑުވުންތައް ގާތުން އަޑު އައްސަވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ސަޢީދު ވިދާޅުވީ މިސަރުކާރުން ސަރުކާރުގެ ޕްރޮޖެކްޓްތަކުން ޕްރައިވެޓް ސެކްޓަރ ބާކީ ކުރާ ކަމަށް ބުނެ މީޑިޔާތަކުގައި ފެތުރޭ ވާހަކަތަކަކީ މުޅިން ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ.
އެރޮނގުން ވާހަކަފުޅު ދައްކަވަމުން ސަޢީދު ވިދާޅުވީ ރައީސް މުޢިއްޒުގެ ވިސްނުންފުޅަކީ، އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކަށް މަސައްކަތްތައް ޙަވާލު ކުރަމުންދަނީ ބަޖެޓުގެ ތާށިކަމާ ގުޅިގެން މަސައްކަތްތައް މަޑުނުޖެހި ކުރިއަށް ގެންދެވުމަށް ކަމަށް ސަޢީދު ވިދާޅުވިއެވެ.
“އެއީ މާނަކުރަންޖެހޭ ގޮތެއް ނޫން. ބާކީއެއް ނުކުރާނެ.” މިނިސްޓަރ ސައީދު ވިދާޅުވި އެވެ.
ހަމައެއާއެކު ސަޢީދު ވަނީ މަސީ އާއި ކުދި ވިޔަފާރިތަކާ ބައްދަލުކޮށް އެފަރާތްތަކުގެ ކަންބޮޑުވުންތަކުގެ އަޑު އަހައި، ދިމާވާ ދަތިތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ.
ސަޢީދު މިހެން ވިދާޅުވެފައިވާއިރު އަމިއްލަ ކުންފުނިތަކުގެ ބިލްތަކަށް ސަރުކާރުން ޤަވާއިދުން ފައިސާ ދެމުން ނުދާތީ ކުންފުނިތައް ބަނގުރޫޓުވަމުންދާ ކަމުގެ ކަންބޮޑުވުންތައް މީސްމީޑީއާގައި އެފަދަ ބައެއް ކުންފުނިތަކުގެ ވެރިން ދަނީ ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު