ދަޢުލަތުން އަސާސީ ޕެންޝަނަށް މަހަކު 100 މިލިއަން ރުފިޔާ ހޭދަވާ ކަމަށާއި، 2030 ވަނަ އަހަރު 65 އަހަރުން މަތީގެ އާބާދީ ހަތް ޕަސެންޓަށް އިތުރުވުމުން އެ ހަރަދު މެނޭޖުކުރަން އުނދަގޫވާނެ ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމް ވިދާޅުވީ ޕެންޝަން ގާނޫނު ވުޖޫދަށް އައިތާ 15 އަހަރުވެފައިވާއިރު، ޕެންޝަން ގާނޫނުގެ ބޭރުން ހިންގާ ސްކީމުތަކާ ގުޅިގެން އެކަމަށް ކުރަން ޖެހޭ ހޭދަ ބޮޑުވެފައިވާ ކަމަށެވެ.
އެގޮތުން މިހާރުވެސް ޕެންޝަނަށް މަހަކު 100 މިލިއަން ރުފިޔާ ހޭދަވާކަމަށް ޝުޖާތާ ވިދާޅުވިއެވެ. އަދި މުސްތަޤްބަލްގައި 65 އަހަރުން މަތީގެ އާބާދީ އިތުރުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި ހަމައެހެންމެ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވަމުންދާއިރު މިހާރު ހުރި މިންގަނޑަށް ޕެންޝަން އިނާޔަތްތައް ބެހެއްޓި ނަމަވެސް މިއީ މެނޭޖް ކުރަން ދަތި ކަމަކަށްވާނެ ކަމެއްކަން ޝުޖާތާ ފާހަގަ ކުރެއްވިއެވެ.
“ކުރިއަށް އޮތް ތަނުގައި އުމުރުން ދުވަސްވާ މީހުން ގިނަވެގެންދާ ވަރަކަށް ޕެންޝަނަށް ދައުލަތުން ކުރަންޖެހޭ ޚަރަދު ސަސްޓެއިނަބަލް ނުވާނެ.” ޝުޖާތާ ވިދާޅުވިއެވެ.
ހަމައެއާއެކު ޝުޖާތާ ވިދާޅުވީ ޕެންޝަން ޤާނޫނުން އުފައްދާފައިވާ ސްކީމުގެ ބޭރުން ވަކިވަކި މުއައްސަސާތަކުން ހިންގާ ސްކީމުތަކުން ދޭ ފައިދާތައް އުވާލާ އިރު، ކުއްލިއަކަށް އުވާލުމުގެ ބަދަލުގައި މެދުމިނުގެ ހައްލުތަކެއް ހޯދަން ޖެހޭ ކަމަށެވެ.
“އެކަމުގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅައިފަ އެބަޖެހޭ އެކަން ހުއްޓާނެ ތާރީޚެއް ކަނޑައަޅަން.” ޝުޖާތާ ވިދާޅުވިއެވެ.
އޭގެއިތުރުން އެއްވެސް ކޮންޓްރިބިއުޝަނަކާ ނުލައި ހިންގާ ޕެންޝަން ސްކީމުގެ ސަބަބުން، ޕެންޝަން ގާނޫނުގެ ތެރެއިން ހިންގާ ސްކީމުގައި ބައިވެރިވާން ބޭނުންވާ މީހުން މަދުވާނެ ކަމަށްވެސް ޝުޖާތާ މިއަދު ވިދާޅުވިއެވެ.
ޝުޖާތާ މިހެން ވިދާޅުވެފައިވާއިރު ދަޢުލަތުން ޑަބަލް ޕެންޝަން ދިނުމާއި ސަރުކާރުގެ ވަކިވަކި އިދާރާތަކުން ހިންގާ ޕެންޝަން ސްކީމްތައް ހުއްޓުވުމަށްޓަކައި މާލިއްޔަތު ކޮމިޓީން އިސްނަގައިގެން މިހާރުދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު