ސަރުކާރުން ކުރިއަށްގެންދާ ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ހުއްޓާނުލާ ކަމަށާއި އެ ހިދުމަތުން ފައިދާވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އުތުރުގައި 19 ސެޕްޓެމްބަރު 2024 ގައި ބަންކަރިންގެ ހިދުމަތް ފެށީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި، ވިޓޯލްއާ ގުޅިގެންނެވެ. އެ ކުންފުންޏަކީ މިހާރުވެސް ސިންގަޕޫރު، ޔޫއޭއީ، އަދި މޮރިޝަސްގައިވެސް ބަންކަރިންގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.
އެ ޚިދުމަތުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާ ކުރަށްވަމުން މިނިސްޓަރ ސަޢީދު މިއަދު ވިދާޅުވީ ބަންކަރިންއަކީ އެތައް ބިލިއަން ޑޮލަރެއްގެ ބައިނަލްއަޤުވާމީ ބޮޑު ވިޔަފާރިއެއް ކަމަށެވެ. އަދި ބަންކަރިންގެ ހިދުމަތުން ލިބޭ އާމްދަނީ އެސްޓީއޯގެ މާލީ ހިސާބުތަކުން ފެންނަން ހުންނާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.
“އެހެންވީމާ އިރާދަކުރެއްވިއްޔާ އެކަން ފެށީމާ މިއަދު ނަފާވެރިކަން އެބަ ލިބޭ.” ސައީދު ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ސަޢީދު މިއަދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފަށާ ދުވަހު 400 މިލިއަން ޑޮލަރު ރާއްޖޭގެ ޖީޑީޕީގެ ތެރެއަށް ވަންނާނެކަމަށް ކުރިންވެސް އަދި މިއަދުވެސް ނުދަންނަވާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އޭނާގެ އެވާހަކަފުޅު އޮޅުވާލައްވާފައި ކަމަށްވެސް ސަޢީދު މިއަދު ވިދާޅުވިއެވެ.
އޭގެއިތުރުން ސައީދު ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން ބަންކަރިންގެ ޚިދުމަތް ދިނުމަށް ވަސީލަތްތައް ގާއިމްކުރުމުގެ ވާހަކައަކީ ދުލުން ބުނެލަން ފަސޭހަ ނަމަވެސް ބޮޑު މަސައްކަތެއް ކަމަށެވެ.
އަދި އެ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށް ސައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު