ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން--
ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން--
ޖިނާއީ މައްސަލައެއްގައި އަނިޔާ ލިބުނު ކުއްޖަކަށް އެކަމުގެ ސަބަބުން ކުރި އަސަރު ހިމެނޭ ބަޔާން ނުވަތަ ވިކްޓިމް އިމްޕެކްޓް އެސެސްމަންޓް ހުށަހަޅަން ރާއްޖޭގެ ކޯޓަކުން އަލަށް ފުރުސަތު ދީފި އެވެ.

އެ ފުރުސަތު ދިނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތެއްގެ ތެރެއިން އެވެ.

އެ ޤަޟިއްޔާ އިއްޔެ ހުޅުމާލޭ ކޯޓުން ނިންމާފައިވާއިރު އެމައްސަލާގައި 51 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 54 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބުނީ އެ މައްސަލައިގައި އެ އޮފީސް މެދުވެރިކޮށް އަނިޔާ ލިބުނު ކުއްޖާ ކޯޓަށް ބަޔާނެއް ހުށަހަޅައި، މިހާދިސާގެ ސަބަބުން ކުއްޖާގެ ދިރިއުޅުމަށް ކުރި އަސަރު ވަރަށް އަސަރާއެކު ބަޔާންކޮށްދިން ކަމަށެވެ. އެ ބަޔާން ކޯޓުގައި އިއްވަވައިދެއްވީ ޕަބްލިކް ޕްރޮސިކިއުޓަރު އަލްމާސް މުބާރިކެވެ.

"ޖިނާއީ މައްސަލަތަކުގެ ތެރެއިން ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި، ކުށް ސާބިތުކުރުމަށް ކުރާ މަސައްކަތުގެ އިތުރުން، މި އޮފީހުން އެންމެ ބޮޑު އިސްކަމެއްދޭ ކަމަކީ ވިކްޓިމުން، ބާރުވެރިކުރުވުމެވެ." ޕީޖީން ނެރުނު ބަޔާނުގައި ބުންޏެވެ.

ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމަކީ ވިކްޓިމުން ބާރުވެރިކޮށް، ވިކްޓިމުންނަށް ތަސައްލީ ހޯދައިދިނުމަށްޓަކައި ހުޅުވާލެވިފައިވާ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުކަން ފާހަގަކޮށް ކޯޓުން އެ ފުރުސަތު ދިނުމުން ޕީޖީ އޮފީހުން ވަނީ މަރުހަބާ ކިޔައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން