މިއަދު ފެނިގެންދަނީ ތިމާމެން ބޭނުންވާ ގޮތަށް ޝަރީއަތް ކުރާ ފަނޑިޔާރުންނަށް ތަބަބަކަށް ލާފައި ބޮޑެތި މަޤާމުތައް އަރުވަމުންދާ މަންޒަރުކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
އެންމެ ފަހުން ސްޕްރީމް ކޯޓަށް އައްޔަން ކޮށްފައިވާ ބޭފުޅުންނާއި ގުޅޭގޮތުން ހައިލަމް ވިދާޅުވީ ސްޕްރީމް ކޯޓަށް އައްޔަން ކުރަންޖެހޭ ފަނޑިޔާރުންނަކީ ފަނޑިޔާރު ކަމުގައި ވަކި މަސައްކަތެއް ކުރައްވާ ބޭފުޅުންނަށް މިއަދު ވެއްޖެކަމަށެވެ. މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަކީ ފަނޑިޔާރުންނަށް ތަބަކަކަށް ލާފައި ވެދުމަށް، މަޤާމުތައް އަރުވާތީއާއި އަދި ހަދިޔާގެ ގޮތުގައި ބޮޑެތި ޕްރޮމޯޝަންތައް ދޭތީ އެކަމާއި ދެކޮޅަށް އެންމެބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅުންކަމަށެވެ.
ނަމަވެސް މިއަދު ފެނިގެން މިދަނީ ފަނޑިޔާރުންގެ ތެރެއިން ވަކި ގޮތަކަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅުންނަށް ބޮޑެތި ޕްރޮމޯޝަން ދެއްވާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ އެންމެ މަތީކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ކުރީގެ ރައީސްކަން ކުރައްވާފއިވާ ބޭފުޅަކަށް ހުކުމް ކުރެއްވި ފަނޑިޔާރެއް ސްޕްރީމްކޯޓަށް އައްޔަން ކުރެއްވީ ކޮން ސަބަބަކާއި ހެދިތޯ ވިދާޅުވެ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
"ކުރީގެ ރައީސެއްގެ ޝަރީޢަތް ކުރެއްވި ފަނޑިޔާރު ނޫން ފަނޑިޔާރަކު ނެތީތޯސުޕްރީމް ކޯޓަށް ލާން؟ ހައި ކޯޓުގައި ތިއްބެވި ތަޖުރިބާ ލިބިފައިވާ ފަނޑިޔާރުންވެސް އެއްވެސް ބަޔަކަށް ނުވި. ހަދިޔާއަކަށް ފަނޑިޔާރުންނަށް ޕްރޮމޯޝަން ދޭ ވާހަކަ ދެއްކި ބޭފުޅުން ކޮބައިތޯ؟" ހައިލަމް ވިދާޅުވިއެވެ.
ސްޕްރީމް ކޯޓަށް އައްޔަން ކުރައްވާފައިވާ ދެ ބޭފުޅުންގެ ތެރެއިން ފަނޑިޔާރު އަލީ ރަޝީދަކީ ރައީސް ޔާމީނަށް ހުކުމް ކުރެއްވި ފަނޑިޔާރެވެ. ރައީސް ޔާމީންގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވީ އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަހުމަދު ހައިލަމެވެ. ނަމަވެސް މިދިޔަ އަހަރުގެ ނަސްރުގެ ދުވަހާއި ގުޅުވައިގެން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ހައިލަމް ޕޯސްޓު ކުރެއްވި ފޮޓޯއަކާއި ގުޅިގެން ޖޭއެސްސީ އިން ހައިލަމްގެ މައްސަލަ ބަލާ ހައިލަމް ކުރެއްވި އަމަލަކީ ފަނޑިޔާރުންގެ ސުލޫކަށް އަސަރު ކުރާ ފަދަ ކަމެއް ކަމަށް ނިންމިއެވެ. އަދި އެއާއިއެކު ހައިލަމް މަގާމުން ވަކި ކުރުމަށް ނިންމިއެވެ. އޭގެކުރިން ހައިލަމް ވަނީ އަމިއްލަފުއަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ހައިލަމް އިސްތިއުފާ ދެއްވުމުން ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލު ކުރެއްވީ ގާޒީ އަލީ ރަޝީދާއެވެ. އަދި ރައީސް ޔާމީންގެ މައްސަލަ ވެސް ފަހުން ބެއްލެވީ ގާޒީ އަލީ ރަޝީދެވެ. އެ މައްސަލަ ބެލުމަށް ގާޒީ އަލީ ރަޝީދު ހަމަޖެއްސުމުން ގިނަބަޔަކު ތުހުމަތުތައް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު