ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލައިގެ ފައިނަލް ރިޕޯޓުގައި އުފަންކޮށްފައިވަނީ މުޅިން އައު ތުހުމަތެއް ކަމަށް އަޒްމިރަލްދާގެ ފަރާތުން ހާމަކޮށްފިއެވެ.
ޖޭއެސްސީގެ މި ތަހުގީގަކީ ޑރ. އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފްގެ ބަންދު އަމުރަކަށް އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ބަލަމުންދާ މައްސަލައެކެވެ.
މި މައްސަލާގައި ކުރިއަށްދާ ތަހުގީގާއި ގުޅިގެން ޑރ. އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް މިއަދު ޢާއްމުކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ޑރ. އަޒްމިރަލްދާއަށް ފުރަތަމަ ފޮނުވި ނޯޓިސް އާއި ތަހުގީގުގެ ފުރަތަމަ ރިޕޯޓްގައި ވެސް ތުހުމަތުކޮށްފައި ވަނީ ޑރ. އަޒްމިރަލްދާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމަށެވެ.
ނަމަވެސް މައްސަލައިގެ ތަހުޤީޤު ނިންމައި ކޮމިޓީން ފޮނުވި ފައިނަލް ރިޕޯޓްގައި އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ޤާޟީ ސޮފްއަތު ހަބީބް މެދުވެރިކޮށް ޤާޟީ އިބްރާހީމް ޒިހުނީއަށް ނުފޫޒު ފޯރުވި ކަމަށް ކަމުގައި ބަޔާނުގައިވެއެވެ.
އެހެންކަމުން ކޮމިޓީގެ ފައިނަލް ރިޕޯޓުގައި އުފަންކޮށްފައި އޮތީ އައު ތުހުމަތެއް ކަމަށާއި އެ ތުހުމަތަށް ޖަވާބުދާރީވާން ފުރުސަތެއް ލިބިވަޑައި ނުގަންނަވާކަން ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.
“އެ ކަންކަމާ ބެހޭ ހަގީގަތަކީ ކޮބައިކަން ކޮމިޓީން ކަށަވަރު ކޮށްފައި ނުވޭ. އަދި އާ މައުލޫމާތެއް ނަމަ ފަނޑިޔާރުގެ ބަހެއް ހޯދާފައި ނުވޭ.” ބަޔާނުގައިވެއެވެ.
އޭގެއިތުރުން ޖޭއެސްސީގައި ރައީސް ޑރ. މުޢިއްޒު ތަމްސީލް ކުރަށްވާ މެންބަރު ތަހުޤީޤު ކޮމިޓީގައި އިންނަވައިގެން ޙަޤީޤަތާ ޚިލާފު ރިޕޯޓެއް އެކުލަވާލާފައިވާތީ އެކަން ރައީސްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށްވެސް އަޒްމިރަލްދާ ނެރުއްވި ބަޔާނުގައިވެއެވެ.
އަޒްމިރަލްދާ މިހެން ވިދާޅުވެފައިވާއިރު ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގެ އިޖުރާއަތްތައް އޮންނަ ގޮތުން މިމައްސަލާގައި ދެން އޮންނާނީ ފަނޑިޔާރުން ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމެވެ. އެއަށްފަހު ފަނޑިޔާރުންގެ ޖަވާބާއި ތަހުގީގު ރިޕޯޓު ކޮމިޝަނުގެ ބައްދަލުވުމަކަށް އެޖެންޑާ ކުރުމަށްފަހު، ފަނޑިޔާރާ މެދު ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމާނީ ކޮމިޝަނުގެ ބައްދަލުވުމުގައެވެ.
މި މައްސަލައިގެ އިތުރުން ހައިކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރުބަހުން އޭނާއަށް މުއާމަލާތް ކުރެއްވި ކަމަށް ބުނާ މައްސަލައިގައި އެ ޙާދިސާ ހިނގި ތަނުގައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އިންނެވި ކަމަށް ބުނާ މައްސަލަވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފަށާފައިވާއިރު ފަނޑިޔާރު މަހާޒް އާއި ފަނޑިޔާރު އަޒްމިރަލްދާ މިވަގުތު ތިއްބެވީ ސަސްޕެންޝަންގައެވެ. އަދި ފަނޑިޔާރު ސުޢޫދު މިހާރުވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު