އައްޑޫ ސިޓީ ލިންކް ރޯޑުގެ މަސައްކަތް އާރްޑީސީއާ ހަވާލު ކުރުން. ފޮޓޯ: އާރްޑީސީ
އައްޑޫ ސިޓީ ލިންކް ރޯޑުގެ މަސައްކަތް އާރްޑީސީއާ ހަވާލު ކުރުން. ފޮޓޯ: އާރްޑީސީ
އައްޑޫ ސިޓީގެ ލިންކް ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލު ކޮށްފިއެވެ.

ކޮންސްޓަރްކްޝަން މިނިސްޓްރީން މި މަސައްކަތް އާރްޑީސީއާ ހަވާލު ކޮށްފައިވަނީ އެޕްރިލް 8 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބްއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރުއެވެ.



މި މަޝްރޫއުގެ ދަށުން 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އަޅައި، ދުވާރުތައް ހަދައި، މަގުމަތީގެ ނިޝާންތައް ޖަހައި ބޯޑު ހަރުކޮށް، ފޭދޫގައި ފެން ހިންގާ ނިޒާމު ގާއިމްކުރާނެ އެވެ.

މި މަޝްރޫއު އާރްޑީސީއާ ހަވާލުކުރެވިފައިވަނީ 4 އަހަަރު ދުވަސްތެރޭ މަސައްކަތް ނިންމާ ގޮތަށެވެ. މި މަޝްރޫއަށް 828 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން