މޭޔަރ އާދަމް އާޒިމް
މޭޔަރ އާދަމް އާޒިމް
މާލެ ސަރަހައްދުގެ މަގުމަތީގައި ގިނަވެފައިވާ ބުޅާތައް ލަސްނުކޮށް ބިލަކަށް ޚާއްސަކޮށްފައިވާ އޮޅުހިޔަލަށް ގެންދިއުމަށް މާލޭގެ މޭޔަރު އާދަމް އާޒިމް އަނެއްކާވެސް އިލްތިމާސްކުރައްވައިފިއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މޭޔަރު ވިދާޅުވީ މަގުމަތީގައި އުޅޭ ބުޅާތައް ލުމަށް މާލެ ސިޓީ ކައުންސިލުން ހަދައި ނިންމާފައިވާ ތަނަށް މާލެ ސަރަހައްދުގެ މަގުތަކުގައި ގިނަވެފައިވާ ބުޅާތައް ވީހާވެސް އަވަހަށް ގެންގޮސްދިނުން އެދި އެނިމަލް ވެލްފެއާ މިނިސްޓްރީއަށް ދަންނަވާ ކަމަށެވެ.

މޭޔަރު އާޒިމް ވިދާޅުވީ ބުޅަލުގެ ނަޖިހުގެ ޝަކުވާތައް ކައުންސިލަށް އިންތިހާއަށް ލިބެމުންދާ ކަމަށެވެ. އަދި ރައްޔިތުން ބުޅަލުގެ ނަޖިހުން ސަލާމަތް ކުރަން ޖެހޭ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

އަދި މިކަމާ އަޅާ ނުލައި ތިބުމަކީ ބޮޑު އިހުމާލެއް ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.



އޮޅުހިޔާ ހުޅުވީ މިދިޔަ ނޮވެންބަރު މަހު އެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ބުޅާތައް އެ ފެސިލިޓީއަށް ބަދަލުކުރަން މިދިޔަ ޑިސެންބަރު މަހު މާލޭ ސިޓީ ކައުންސިލުން މަސައްކަތްކުރި އެވެ.

އެހެންނަމަވެސް ބުޅާތައް ފެސިލިޓީއަށް ގެންދަން ފެށީ ފެބްރުއަރީ މަހުއެވެ.

ފެސިލިޓީ ހުޅުވައި ބުޅާތައް ގެންދަން ފެށިނަމަވެސް، އަދިވެސް މާލޭގެ މަގުތަކުގައި ގިނަ އަދަދަކަށް ބުޅާތައް އުޅޭތީ ވަރަށް ގިނަ މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އޮޅުހިޔަލުގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅާތަކަށް ދޭންޖެހޭ ބޭސް ހުންނަ ފާމަސީއަކާއި އެ ބުޅާތައް އުޅޭނެ ސަރަހައްދެއްވެސް ހަދާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން