ދައުލަތުގެ ދަރަނި އަދާކުރުމަށް 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މާލީ ވުޒާރާއިން އާންމުކުރި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައި ބުނެފިއެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އޭޕްރިލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދަރަނި އަދާކުރުމަށް 2.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން މިހާތަނަށް ކުރި ހޭދަވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 175.9 އިންސައްތަ އިތުރުވެފައެވެ.
ލޯނު ދެއްކުމަށް މި އަހަރު ހިނގި ހަރަދުތަކުގެ ތެރޭގައި މާރިޗު މަހު ކާގިލް ފައިނޭންޝަލް ސާވިސަސްއަށް ދައުލަތުން ދައްކާފައިވާ 100 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ކިޔާއިރު، ދައުލަތުގެ ޖުމުލަ ރިކަރަންޓް އަދިކެޕިޓަލް ހަރަދުވަނީ 25.3 އިންސައްތަ ދަށްކުރެވިފައެވެ. އެގޮތުން 2025 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މިއަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ހަރަދުގެތެރެއިން، 17 އެޕްރީލްގެ ނިޔަލަށް ހިނގާފައިވަނީ 19.3 އިންސައްތަ އެވެ.
މިއަހަރުގެ މިމުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދުގެ 92.2 އިންސައްތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި ރިކޯޑުކޮށްފައިވާއިރު، 7.8 އިންސައްތަ އަކީ ކެޕިޓަލް ހަރަދުކަން ފާހަގަ ކުރެވެއެވެ.
ދައުލަތަށް މިއަހަރުގެ ތެރޭގައި ލިބޭނެ ކަމަށް އަންދާޒާކޮށް، މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވާ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ 29.3 އިންސައްތަ ދައުލަތަށް މިހާރު ވަނީ ލިބިފައެވެ. އެގޮތުން، މިހާތަނަށް ލިބިފައިވާ އާމްދަނީ އާއި ހިލޭ އެހީގެ 77.1 އިންސައްތަ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީން ހިއްސާކުރެއެވެ. ޓެކްސް ނޫން އާމްދަނީގެ ހިއްސާއަކީ 22.3 އިންސައްތަ އެވެ.
މި ތަފާސް ހިސާބުތަކަށް ބަލާއިރު ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދައުލަތުގެ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީ ވަނީ 5.4 އިންސައްތަ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު