ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް ކަމަށް އަލްއުސްތާޛު މުހައްމަދު މުޖްތާޒް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ނަން ފޮނުވައިފިއެވެ.
ސީއެސްސީގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިދިޔަ އާދީއްތަ ދުވަހު ކޮމިޝަނަށް އައްޔަން ކުރެއްވި މުޖްތާޒް، ކޮމިޝަނުގެ ނައިބު ރައީސަކަށް އައްޔަން ކުރެއްވުމަށް ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވައިފައެވެ.
މުޖްތާޒު ވަނީ މޯލްޑިވްސްކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ ހާސިލްކުރައްވައިފަ އެވެ.
އޭނާ ވަނީ ރައީސް އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެނޫންވެސް ދަޢުލަތުގެ އިސް މަގާމުތައް ފުރުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު