މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް
ރާއްޖޭގެ 133 ރަށެއްގައި ފެނުގެ ޚިދުމަތް އަދި 144 ރަށެއްގައި ނަރުދަމާގެ ޚިދުމަތް ޤާއިމުކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޠާރިޤް މިހެން ވިދާޅުވީ ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން އިފްތިތާހުކޮށްދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ވަޒީރު ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށްރަށުގެ ފެނާއި ނަރުދަމާ ނެޓްވޯކްތަކަށް އަސަރުކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި މި ނިޒާމުތައް ރައްކާތެރިގޮތުގައި ބެލެހެއްޓުމަކީ މުހިންމުކަމެއްކަމަށާއި ދިމާވެދާނެ ކުއްލި ހާލަތަކަށް ދުރާލާ ތައްޔާރުވުމުގެ މުހިންމުކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޔުޓިލިޓީ ޚިދުމަތް ދެމުންދާއިރު މިއިން ކޮންމެ ރަށަކީ ވަކިން މެނޭޖްކުރަން ޖެހޭ ރަށެއްކަމަށްވާތީ، ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

“އަތޮޅުތަކުގެ ތެރޭގައި އެންމެ ބޮޑަށް ދިމާވާ ކަމަކީ ވާރޭވެހި ރަށްރަށުގައި ފެންބޮޑުވުމުގެ ސަބަބުން ނަރުދަމާ ސިސްޓަމަށް ދިމާވާ މައްސަލަ.” ވަޒީރު ޠާރިޤް ވިދާޅުވިއެވެ.

އެހެންކަމުން ކުއްލި ޙާލަތުގައި އަމަލުކުރާނެ ގޮތް އެނގި ތައްޔާރީ ހާލަތުގައި ތިބެއްޖެނަމަ ކުއްލިހާލަތުގައި ލިބޭ ގެއްލުމުގެ އަސަރު ވަރަށްބޮޑަށް ކުޑަކުރެވުގެންދާނެކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން