އިމާރާތަކުން ޒުވާނަކު ވެއްޓުނު މައްސަލަ މަޖިލީހުން ތަހުގީގު ކޮށްދިނުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މިއަދު އެދިވަޑައިގެންފިއެވެ.
އަޒާން މިއަދު މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުالله އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، މި ހާދިސާގައި ފުލުހުން އަމަލުކޮށްފައިވަނީ އާންމުކޮށް މިފަދަ މައްސަލަތަކުގައި ފުލުހުން އަމަލުކުރާ ގޮތާ ތަފާތުކޮށްކަން ފާހަގަކުރެވޭ ކަމަށެވެ.
އަދި މިކަމަކީ އާންމުންނާއި ޒުވާނުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައަކަށްވާތީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ސަމާލު ކަމަށް މިކަން ގެނައުމަށާއި އެމައްސަލާގައި ޕާލިމެންޓަރީ އިންކުއަރީއެއް ހިންގަން އަޒާން ވަނީ އެދިވަޑައިގެންފައެވެ.
އަޒާން މިކަމަށް އެދިވަޑައިގެންފައިވާއިރު މިދިޔަ ހުކުރު ދުވަހު މާލޭގެ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާގެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއާ ސުވާލުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
މާލޭގެ ޢިމާރާތެއްގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު އަންހެން ކުއްޖާ ވެންޓިލޭޓަރުން މިހާރު ނަގާފައިވާއިރު އެ މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ އެހެން މީހަކު އެކުއްޖާ ވައްޓާލިކަމުގެ ހެއްކެއް މިހާތަނަށް ފެނިފައި ނެތް ކަމަށެވެ.
މިމައްސަލާގައި ފުލުހުން ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ އަންހެން ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ގިނަބަޔަކު މީސްމީޑިއާގައި ދަނީ ގޮވާލަމުންނެވެ.

I’ve requested the National Security Committee of Parliament to launch an inquiry into the @PoliceMv response regarding the recent incident involving the young woman in Malé. Transparency and justice must be ensured without delay or bias. pic.twitter.com/8azArXZzRN
— Ahmed Azaan (@axanner) April 24, 2025
އަޒާން މިކަމަށް އެދިވަޑައިގެންފައިވާއިރު މިދިޔަ ހުކުރު ދުވަހު މާލޭގެ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާގެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއާ ސުވާލުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
މާލޭގެ ޢިމާރާތެއްގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު އަންހެން ކުއްޖާ ވެންޓިލޭޓަރުން މިހާރު ނަގާފައިވާއިރު އެ މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ އެހެން މީހަކު އެކުއްޖާ ވައްޓާލިކަމުގެ ހެއްކެއް މިހާތަނަށް ފެނިފައި ނެތް ކަމަށެވެ.
މިމައްސަލާގައި ފުލުހުން ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ އަންހެން ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ގިނަބަޔަކު މީސްމީޑިއާގައި ދަނީ ގޮވާލަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު