ޒުވާނުންގެ ލަފާދޭ ކޮމިޓީއާ ރައީސް ބައްދަލު ކުރެއްވުން
ޒުވާނުންގެ ލަފާދޭ ކޮމިޓީއާ ރައީސް ބައްދަލު ކުރެއްވުން
އާންމުންގެ ޕްރެޝަރު ބޮޑުވެ ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ރައީސް ދާއޫދު އަޙްމަދު މިއަދު އިސްތިއުފާ ދީފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، އެ ކޮމިޓީއިން އިސްތިޢުފާ ދެއްވުމަށް ހުށަހެޅުއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޓީއިން މިއަދު އޭނާ ވަކިކުރަށްވާފައިވާ ކަމަށެވެ.

ހަމައެއާއެކު ދާވޫދު މިވަގުތު ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުން މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން ސަސްޕެންޑް ކޮށްފައިވާ ކަމަށްވެސް ހީނާ ވިދާޅުވެފައިވެއެވެ.

ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ރައީސް ދާއޫދު އަޙްމަދު މިއަދު އިސްތިއުފާ ދެއްވާފައިވާއިރު، އެމަޤާމުން އޭނާ ވަކިނުކޮށްފިނަމަ ޤައުމީ ލަފާދޭ ކޮމިޓީގެ މެމްބަރު ކަމުންނާއި ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް އެބޯޑުގެ ނައިބު ރައީސް ނަޒާހާ ނަޒީމް މިއަދު ވަނީ ބުނެފައެވެ.

މި މައްސަލާގައި ނަޒާހާ ބުނެފައިވަނީ ރޭޕާއި އެބިއުސް އަދި މަސްތުވާތަކެތި ބޭނުންކުރާކަމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވެމުންދާ ފަރާތަކާއެކު މަސައްކަތް ކުރުމަށް ބޭނުންނުވާ ކަމަށެވެ.

21 އަހަރުގެ އަންހެން ކުއްޖާ ވެއްޓުނު މައްސަލާގައި ދާވޫދުގެ ކޮއްކޮ ރައުދު އަލީ ޒިލާލަށް ބޮޑެތި ތުހުމަތަކެއް ކުރަމުން ދަނިކޮށް ބަނގުރަލާއެކު ދާވޫދު ފެންނަ ފޮޓޯތަކެއްވެސް މީސް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން