އެމްޑީޕީން ވެރިކަމަށް އައުމަށް ވީ ހުރިހާ ވައުދަކާއި ޚިލާފުވެ ނުކުރަންބުނި ހުރިހާކަމެއް ކުރަމުންދާކަމަށާއި، ސަރުކާރުން ކުރަމުންދާ އެފަދަ ހުރިހާ ކަމެއްގެ އަޑީގައި ހުރީ ފިނޭންސް މިނިސްޓަރ ކަމުގައި ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ތެރޭގައި ތިބި މީހުން ސަރުކާރު ބޮލުގައި ވައްކަމުގެ ތުހުމަތު އަޅުވައި އެކި ކަހަލަ ތުހުމަތުތައް ކުރަމުންދާކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓރަ އިބްރާހީމް އަމީރު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ޑރ.ޖަމީލް ވިދާޅުވީ މިއީ ކުރާ ތުހުމަތުތަކެއްނޫން ކަމަށާއި، ސަރުކާރުން ވައްކަމާއި ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ކުރަމުންދާކަމެވެ. މިކަންކަން ކުރަމުންދަނީ ދުރާލައި ރޭވިގެން ވަކި ބަޔަކު އަޑީގައި ތިބެގެންކަމަށް ޖަމީލް ވިދާޅުވިއެވެ.

މިސަރުކާރުން ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދައިގެ ކަންކަމަށް ކަނޑައެޅި "ޒީރޯ ޓޮލަރެންސް" މިހާރު ވީ ހިސާބެއް ނޭނގޭއިރު، "ބްރޯ" އާއިގޭންގުތައްވެސް މިއަދު ސަރުކާރުގެ ތެރެއިން އުފެދިފައިވާކަމަށް ވިދާޅުވަނީ މިކަންކަން ނުކުރާނެކަމަށް ވިދާޅުވި ސަރުކާރުގެ ތެރޭގައި ތިއްބެވި ބޭފުޅުންގެ ދޫފުޅުންކަމަށް ޖަމީލް ވިދާޅުވިއެވެ.

"އެންމެން ސަރުކާރު ބޮލުގައި ވައްކަން އަޅުވާ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވާތީ ހައިރާންވޭ. ވައްކަން މިކުރަނީ ލޯކުރިމަތީގައި. މަޖިލިސް ރައީސަށްވެސް ފިޔަވަޅެއް އެޅުއްވިދާނެ ކަމާމެދު ޝައްކު. އެމްޑީޕީގައި ބްރޯ އާއި ގޭންގް އުފެދުނީ؟ ނުހަދަން ވަޢުދުވި ހުރިހާ ގޯހެއް އެބަހަދާ. ފައިނޭންސް މުގުލުގައި." ޑރ.ޖަމީލް ވިދާޅުވިއެވެ.

ޑރ.ޖަމީލް ސަރުކާރަށާއި، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް ނިސްބަތްވާގޮތަށް މިފަދަ ޓްވީޓެއް ކުރަށްވާފައިވާއިރު، މިނިސްޓަރ އަމީރާއި، މިނިސްޓަރ ފައްޔާޒް އިސްމާއީލާއި މަގާމުން ދުރުކުރުމަށް އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވަނީ މަސައްކަތް ފަށްޓަވާފައެވެ.

އަދި މިއަދު ރައީސް ނަޝީދު ވަނީ އިގިރޭސި ވިލާތުގައި ހުންނަވައިގެން އެމްޑީޕީގެ ޗެއާޕާސަން މެދުވެރިކުރައްވައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މަގާމުން އެކަހެރިވުމަށް އެދިވަޑައިގެން ސިޓީއެއް ވެސް ފޮނުއްވާފައެވެ. މިނިސްޓަރ ފައްޔާޒާއި އަމީރަށް ކޮރަޕްޝަންގެ ބޮޑެތި ތުހުތަމަތުތަކެއް ރައީސް ނަޝީދު ކުރައްވާއިރު، މިބޭފުޅުން މަޖިލީހުގެ މެމްބަރުންނަށްވެސް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ކަންކަންކުރުމަށް އަންގަވާ ކަމަށް ރައީސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޙަސަން

10-Sep-2020

ޑރ.ޖަމީލުއަށް ނޭނގޭ ހަމަ އެއްކަމެއްވެސްނެތް' މޮޅުމީހަކަށް ކަމެއް ނޭނގުން އެއީ އެމީހާއަށް ކަމެއް ނޭނގެނީއެއްވެސްނޫން އެކަމަކު ހުރިހައި ކަމެއް އެނގޭކަމަށް ދޭހަވާގޮތަށް ވާހަކަދެއްކުން އެއީ މީހާގެ ޖާހިލުކަން



ޓްރެންޑިން