ހެލްތު މިނިސްޓްރީން ކޮވިޑް-19 އާއި ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ފާހަގޮށްފައިވާ 75 ވެންޓިލޭޓަރުގެ މައްސަލާގައި ހެލްތް މިނިސްޓްރީގައި މިމަސައްކަތުގައި ޝާމިލްވި ބައެއް ފަރާތްތަކާއި އޭސީސީން ސުވާލުކޮށްފިއެވެ.

ހެލްތުގެ އޮޑިޓް ރިޕޯޓާއި ގުޅިގެން އޭސީސީއާއި، ފުލުހުން ގުޅިގެން ހިންގާ ޖޮއިންޓް އިންވެސްޓިގޭޝަންގައި އޭސީސީން ވަނީ ބައެއް މީހުންނާއި މިކަމާއި ގުޅިގެން ސުވާލުކޮށް ބަޔާން ނަގާފައެވެ. ނަމަވެސް އަދި މިހާތަނަށް ސުވާލުކޮށްފައިވަނީ ކިތައް މީހުންނާއި ކަމެއް އޭސީސީން ހާމަކޮށްފައެއްނުވެއެވެ. ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި ގުޅިގެން އެމިނިސްޓްރީގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ މުވައްޒިފުންނާއި، ސިޔާސީ ބޭފުޅުންނާއި، ވަޒީރު އަމީންވެސް ވަނީ މަސައްކަތުން އެކަހެރިވެ ވަޑައިގެންފައެވެ.

ވެންޓިލޭޓަރ ގަންނަން ހަވާލުކުރި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަކީ ޑަބްލިއުއެޗްއޯއާއެކު އެއްވެސް މުއާމަލާތެއް ކޮށްފައިވާ ކުންފުންޏެއް ނޫން ކަމަށާއި އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ނުވާއިރު ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް އެ ޖަމާއަތުން ހެލްތް މިނިސްޓްރީއާއި ހިއްސާކޮށްފައި ވެސް ނުވާކަމަށް ޑަބްލިއުއެޗްއޯއިން މައުލޫމާތު ދީފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައި ވެއެވެ.

ނަމަވެސް ހެލްތް މިނިސްޓްރީން ޑަބްލިއުއެޗްއޯއާއި ސައްހަ މުއާމަލާތްތަކެއް ކޮށްފައިވާކަމަށާއި، އެ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ. ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރެކަމެންޑުކޮށްގެން ކަން ދައްކަން ލިއެކިއުންތަކުގައި މަސައްކަތްކޮށްފައިވާކަމަށް ރިޕޯޓުގައި ހާމަވެފައިވާއިރު، ޖުމްލަ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ އެކުންފުންޏަށް ދައްކައިފަ އެވެ.

އެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ އެ ކޮންޓްރެކްޓްގެ ދަށުން ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރަމުންދާއިރު ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ މިހާތަނަށް އެކަމަށް ހަރަދު ކުރެވުނު ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ.

ވެންޓިލޭޓަރު ހޯދަން އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވީ 34 މިލިއަން ރުފިޔާ އަށެވެ. މީގެ ތެރެއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދޫކުރީ ބޭންކު ގެރެންޓީއަކާ ނުލަ އެވެ. މިއީ، މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގާފައި އޮތް ކަމަކަށް ވާތީ ތަހުގީގު ކުރަން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވަނީ ލަފާ ދެއްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


17

ސަމީރު

11-Sep-2020

ތަޙްޤީޤު ނިމޭހާ ދުވަސްވެއްޖެ.މީ ސްލޯ ސަރުކާރެއް.



ޓްރެންޑިން