ރައީސް ޓްރަމްޕް އިރާގުގައިތިބޭ އެމެރިކާގެ އަސްކަރިއްޔާ ސިއްސުވާލި ދަތުރުފުޅު
ރައީސް ޓްރަމްޕް އިރާގުގައިތިބޭ އެމެރިކާގެ އަސްކަރިއްޔާ ސިއްސުވާލި ދަތުރުފުޅު
އިރާގުގައި ތިބި އެމެރިކާގެ އަސްކަރީ ސިފައިން މަދުކުރުމަށްޓަކާ އިރާގުން ސިފައިން ބޭލުމަށް މިއަދު ރައީސް ޓްރަމްޕް އިއުލާނު ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސްގެ އޮފީހުގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ނޫސްއެޖެންސީން ބުނެފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިކަން އިއުލާން ކުރެއްވުމަށް ފަހު އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ އަސްކަރިއްޔާގެ ސިފައިން މަދުކުރަންވެސް އިއުލާނު ކުރައްވާނެ ކަމަށްވެއެވެ. ރައީސް ޓްރަމްޕްގެ މިނިންމެވުމަކީ އެމެރިކާގެ އާންމުންގެ ތެރޭގައި އިދިކޮޅު ކެންޑިޑޭޓަށް ލިބެމުންދާ ތަރުހީބު އިތުރުވުމާ ގުޅިގެން ރައީސް ޓްރަމްޕްއަކީ ވައުދު ފުއްދަވައި ދެއްވާނެ ވެރިއެއްކަން ދައްކައިދިނުމަށް ނިންމި ނިންމުމެއް ކަމަށް ރޮއިޓާސް އިން ހާމަ ކުރެއެވެ.

އައިސިސް އާއި ހަނގުރާމަ ކުރުމަށް އިރާގުގައި އެމެރިކާގެ އަސްކަރިއްޔާގެ 5،200 ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އިރާގުގައި ތިބި އެމެރިކާގެ އަސްކަރިއްޔާގެ ސިފައިން މަދުކުރުމަށް ހަމަޖެހިފައި އޮތީ މިދިޔަ މަހުގައެވެ. އަދި ކުރިއަށް އޮތް ދުވަސް ތަކުގައި އިރާގުގަ ތިބި އެމެރިކާގެ އަސްކަރިއްޔާގެ ސިފައިންގެ އަދަދު ތިން ބައި ކުޅަ އެއްބަޔަށް ތިރިކުރާނެ ކަމަށް އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ގައި ބުނެފައި ވެއެވެ.

އަފްޣާނިސްތާނުގައި އެމެރިކާގެ އަސްކަރިއްޔާގެ 8،600 ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި އަދަދު 4،000 އަށް ތިރި ކުރާނެ ކަމަށް ޓްރަމްޕް މިދިޔަ މަހު ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން