މި ދައުރުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މި ދައުރުގައި މިހާތަނަށް 698 ކިލޯގެ މަސްތުވާތަކެއްޗާއި 9000 ވުރެ ގިނަ ބަނގުރާ ފުޅި އަތުލައިގެންފައިވާ ކަމަށެވެ.
މަގުތަކަކީ އަމާންތަނަކަށް ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ސީޕީ ޝުޖާއު މިރޭ ވިދާޅުވިއެވެ. އެގޮތުން މަގުތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު އިތުުރުކޮށް، މަސްތުވާތަކެއްޗާއި ގްރޫޕްތައް ހިމެނޭ ސަރަހައްދުތައް ފުލުހުން ބަލާ ފާސް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުށް ކުރާ ގްރޫޕްތަކުގެ ހަރަކާތްތައް ހުއްޓުވުމަށް 24 ގަޑިއިރު ފުލުހުން މަސައްކަތް ކުރާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މަސްތުވާތަކެތި އެތެރެ ކުރެވޭނެ ހުރިހާ ދޮރުތަކެއް ބަންދު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވަމުން ސީޕީ ވިދާޅުވީ ބޭރުގެ ސަލާމަތީ ބާރުތަކާއި ގުޅިގެން ރާއްޖެއިން ބޭރުން އެތެރެކުރަން އުޅޭ މަސްތުވާތަކެތި ވެސް އެގައުމުތަކުން އަތުލައިގަންނަމުންދާ ކަމަށެވެ.
ސީޕީ ވިދާޅުވީ މި ފަހުންވެސް ބަންގްލަދޭޝް އަދި އިންޑިއާއިން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އިންޑިއާގެ ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ފުލުހުން މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށް އޮޕަރޭޝަންތައް ހިންގަމުންދާކަމަށް ސީޕީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު