އަންނަ މަހުގެ އެއްވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން އިދިކޮޅު އެމްޑީޕީން މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ މުވައްޒަފުން ވަކި ނުކުރާނެ ކަމަށް މި ސަރުކާރުން ބުނި ނަމަވެސް ފެންނަމުންދަނީ ދިމާ އިދިކޮޅު ކަމަށެވެ.
އެގޮތުން ގަނޑުކޮށް މުވައްޒަފުން ވަކިކޮށް މުވައްޒަފުންގެ ހައްގުތައް ނިގުޅައިގަންނަމުންދާކަމަށް ވެސް މުހައްމަދު ރަޝީދު ތުހުމަތު ކުރެއްވި އެވެ.
އަދި ޑޮލަރުން ކުރިން ރިސޯޓު މުވައްޒަފުންނަށް ލިބެމުން އައި އާމްދަނީ ވެސް ލިބުމުގައި ދަތިވެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން ރާވާ ހަރަކާތް އެކެއް މޭވާ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ފެށިގެން ދާނީ. އެދެން މި ހަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް." މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
މޭޑޭގެ އެއްވުންތައް އެކި އަހަރުތަކުގައި މީގެ ކުރިން ވެސް އެމްޑީޕީން ކުރިއަށް ގެންގޮސްފައި ވެއެވެ.
އެމްޑީޕީން މޭޑޭއާ ގުޅިގެން އެންމެ ވަރުގަދަ ހަރަކާތެއް ބޭއްވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އެވެ. އެ ހަރަކާތާ ގުޅިގެން އެމްޑީޕީއާއި އެ ޕާޓީއާއެކުގައި މަސައްކަތް ކުރި ބައެއް ފަރާތްތައް ޖަލަށް ވެސް ލިއެވެ.

ކިޔުންތެރިންގެ ހިޔާލު